މޫސުން ގޯސްވުމުގެ ސަބަބުން މެދު ރާއްޖެތެރެއާއި ރާއްޖޭގެ ބޮޑުބަޔަކަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރޗިސް (މެޓް)އިން ހުދު ސަމާލާއި ރީނދޫ ސަމާލު ނެރެފިއެވެ.
އެގޮތުން މިއަދު ހެނދުނު 8އިން މެންދުރު 2 ޖެހުމާ ހަމައަށް މެޓުން ވަނީ ރ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދުސަމާލު ނެރެފައެވެ.
މެޓުން ބުނެފައި ވަނީ މި ވަގުތުތަކުގައި މި ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުރުރާނެ ކަމަށެވެ.
މީގެއިތުރުން މެޓުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ރީންދޫ ސަމާލު ވެސް ނެރެފައެވެ.
މި ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8އިން މެންދުރު 12އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު