މި އަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު ފަށީ އަށްހާހަށްވުރެ ގިނަ ދަރިވަރުންނާ އެކުވެ.
މިއަދުމި ފެށި މި އިމްތިހާނު ނޮވެމްބަރުގެ ބާރަވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. މިއަދު އޮތީ އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއެވެ.
މި އަހަރުގެ އިމްތިހާނުތައް މާލޭގެ 25 ސެންޓަރަކާއި، އަތޮޅު ތެރޭގެ 246 ސެންޓަރެއްގައި ކުރިއަށްދާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މި އަހަރުގެ އައިޖީއެސްސީ އިމްތިހާނުތަކުގައި 8،111 ދަރިވަރުން ބައިވެރިވާއިރު އެސްއެސްސީ އިމްތިހާނުތަކުގައި 7،776 ބައިވެރިވާނެއެވެ.
މި އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު / ނޮވެންބަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު