ދާއިމީ ހައްލަކާދިމާލަށް ދިޔުމަށް ވަގުތީ ބަދަލެއް މޯލްޑިވްގޭހުގެ ޚިދުމަތަށް ގެނެސްފި

1 ދުވަސް ކުރިން
|
0

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި އެދެވޭ ދާއިމީ ޙައްލަކާ ދިމާލަށް ދަތުރުކުރުމަށް މޯލްޑީވްގޭހުގެ ފަރާތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިއެވެ. 

ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ކުރިމަތިވެފައިވާ އުނދަގޫތަކާ އެކު ވެސް ކަސްޓަމަރުންނަށް ދެމުން އަންނަ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޓަކައި އަންނަ ހޮނިހިރު ދުވަހުން  މިންވަރަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނާނެކަމަށް މިއަދު ވަނީ އިޢުލާނުކޮށްފައެވެ. 

މިއަދު (4 ނޮވެންބަރު 2026ގައި) ނެރުނު ނޫސްބަޔާނެއްގައި ވަނީ (7 ނޮވެންބަރު 2026ން) ފެށިގެން 10 ކިލޯގެ ފުޅިއަކަށް އަޅާނީ 7 ކިލޯ ކަމަށާއި 22 ކިލޯގެ ފުޅިއަކަށް އަޅާނީ 14 ކިލޯ ކަމަށާއި 45 ކިލޯގެ ފުޅިއަކަށް އަޅާނީ 31ކިލޯކަމަށެވެ. 

މި ބަދަލާގުޅިގެން ގޭހުގެ އަގު ބޮޑު ނުވާނެކަމަށާއި، ކަސްޓަމަރުންއަތުން ަގު ނަގާނީ ފުޅިއަށް އަޅާ ގޭހުގެ ބަރުދަނަށް މިހާރު ވެސް ކަނޑައަޅާފައިވާ ކިލޯގެ ރޭޓުންކަމަށް އެ ނޫސްބަޔާނުގައި ވެއެވެ. 

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރަމުންދާ ކަމަށާއި، މި މަޝްރޫޢު ނިމޭއިރު 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި މިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށެވެ.

މި ގެނައި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވާނެ އުނދަގޫތަކަށް މޯލްޑިވްގޭހުގެފާރާތުން މައާފައްއެދެއެވެ.