ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝައިޚް އިސްމާޢީލް އަވަހާރަވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޖައްވަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަކީ އިސްމާޢީލަކީ ސައުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީއިން ދަސްވެނިވި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ތަޢުލީމް ހާޞިލުކުރެއްވުމަށް ފަހު އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅު ހޭދަކޮށްލެއްވީ އިސްލާމީ އުންމަތް ޢިލްމީގޮތުން ބިނާކުރެއްވުމުގައެވެ.
ޝައިޚުގެ މަސައްކަތްޕުޅުތަކުގެ ތެރޭގައި ކީރިތި ޤުރުއާނުގެ މަޝްހޫރު ތަފްސީރު ފޮތެއް ކަމުގައިވާ "التفسير الميسر" (އައްތަފްސީރު އަލްމުޔައްސިރު) ދިވެހިބަހަށް ތަރުޖަމާކުރެއްވުން ހިމެނެއެވެ. މީގެ އިތުރަށް ވަރަށް ގިނަ ޢީލްމީ މަސައްކަތްޕުޅުތަކާއި ދީނީ ފޮތްތައް ލިޔުއްވާފައި ވެއެވެ.
މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައްވާނދޭވެ! އަދި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް، ރިވެތި ގޮތުގައި ކެތްތެރިވުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ! އާމީން. إنا لله وإنا إليه راجعون
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު