އީ-ކޮމަރސް ޕްލެޓްފޯމް ތަކަށް ދިވެހި ރުފިޔާއިން ފައިސާ ނުދެއްކޭ މައްސަލަ އޮންނަނީ ވަރަށް ބޮޑުވެފައެވެ. އިންޑިޔާގެ އީ-ކޮމާސް ޕްލެޓްފޯމްތަކުން ރާއްޖެއަށް ތަކެތި ފޮނުވައިދޭ "ގްލޯބަލް ދުކާން"އަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް މިހާރު ހަދައިފިއެވެ.
ގްލޯބަލް ދުއްކާނުން ރާއްޖޭގެ ކަސްޓަމަރުންނަށް ބޭރު ފައިސާގެ ލިމިޓްތަކަށް ބަރޯސާނުވެ އިތުރު ފީއަކާ ވެސް ނުލައި ވިޔަފާރި ކުރެވޭނެއެވެ. މިއީ އޮންލައިންކޮށް ތަކެތި ގެނެސްގެން ވިޔަފާރިކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.
މާދަމާއިން (25 ސެޕްޓެމްބަރު 2026 ހުކުރުން) ފެށިގެން މި ޚިދުމަތް އާންމުކޮށް ހުޅުވިފައި ހުންނާނެ ކަމަށާއި ރާއްޖޭގެ ކޮންމެ މީހަކަށް ވެސް އެ ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށް ްުލޯބަލް ދުއްކާނުން ބުނެއެވެ.
ގްލޯބަލް ދުއްކާން މެދުވެރިކޮށް އިންޑިއާގެ ތަފާތު އެކި އީކޮމާސް ޕްލެޓްފޯމުތަކުން ވިޔަފާރި ކުރެވޭނެއެވެ. އެ ގޮތުން އެމެޒަން، ފްލިޕްކާޓް، އިކިއާ، ނައިކާ ފެޝަން، އަދި މިންތްރާ އިން ވިޔަފާރިކުރެވޭނެއެވެ. މި ތަންތަނުން އެންމެ ފަހުގެ އިލެކްޓްރޯނިކް ސާމާނާއި އަންނައުނާއި ލައިފްސްޓައިލް ޕްރޮޑަކްޓުތަކާއި އެހެނިހެން ސާމާނުތައް ހެޔޮ އަގުގައި ގަންނަން ލިބެއެވެ.
ގްލޯބަލް ދުކާން އިން ގަންނަ ތަކެތި ރާއްޖެއަށް ގެންނާނީ މޯލްޑިވްސް ޕޯސްޓުންނެވެ. ގޫގުލް ޕްލޭސްޓޯރުން ނުވަތަ އެޕަލް އެޕްސްޓޯރުން "ގްލޯބަލް ދުކާން" އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން އަވަހަށް އޯޑަރުކޮށްލަންވީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު