ރާއްޖެއަށް ޑްރަގް އެތެރެކުރި އިންޑިޔާ ދެމަފިރިންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

1 އަހަރު ކުރިން
|
0

ރާއްޖެއަށް އެތެރެކުރި ލަގެޖުން ޑްރަގް ފެނުނު މައްސަލައިގައި ހައްޔަރުކުރި އިންޑިޔާ ދެމަފިރިންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

އިންޑިއާއަށް ނިސްބަތްވާ މުހައްމަދު ޝޯއިބް، 41، އާއި އޭނާގެ އަންހެނުން އައިޝާ، 38، ހައްޔަރުކުރީ އެ ދެމީހުން ރާއްޖެ އެތެރެވި އިރު ގެނައި ލަގެޖުން މަސްތުވާތަކެތި ފެނުމާއި ގުޅިގެން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައޭ) އިންނެވެ.

މި ދެމަފިރިންގެ ލަގެޖު ތެރެއިން ފޮރުވައިފައި ހުރި 2 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އެ ދެމީހުންގެ ބަންދަށް މީގެ ކުރިން ޖެހި މުއްދަތު ހަމަވުމާއި ގުޅުގެން އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ ދެމަފިރިން 30 ދުވަހަށް ބަންދުކުރުމަށް ނިންމައިފައެވެ.