ސަޢޫދީގެ ޘަޤާފަތާއި ތާރީޚަށް އަމާޒުކޮށްގެން މައުރަޒު ކެންޕޭނެއް ފަށައިފި

1 އަހަރު ކުރިން
|
0

ތާރީޚު ހިމާޔަތްކޮށް ރައްކާކުރުމަށާއި، ޤައުމީ ވަންތަކަން ހަރުދަނާކުރުމަށާއި، އުފެއްދުންތެރި ޚިޔާލު ފާޅުކުރުން ކުރިއެރުވުމުގައި މިއުޒިއަމްތަކުން އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިއުޒިއަމްސް ކޮމިޝަނުން "ޓެލިންގ ޓުމޯރޯސް ސްޓޯރީ" ނަމުގައި ސަޢޫދީ ޢަރަބިއްޔާގައި ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

މި ކެމްޕޭނުން މަޤްޞަދުތަކުގެ ތެރޭގައި ޘަގާފީ ޚަޒާނާތައް ހިމާޔަތްކުރުމާއި އަންނަން އޮތް ޖީލުތަކަށް އުފެއްދުންތެރިކަމުގެ މުހިންމު ވިސްނައިދިނުން ހިމެނޭކަމަށް "މިއުޒިއަމް ކޮމިޝަން" އިން ފާހަގަކުރެއެވެ.

މި ކެންޕޭނުގައި މިހާރު ހުރި މައުރަޒުތަކުގެ ޑިޖިޓަލް ކޮންޓެންޓް ތަރައްޤީކުރުމަށް ވިސްނާފައިވެއެވެ. އެގޮތުން ހިމެނޭ މައުރަޒުތަކުގެ ތެރޭގައި ނޭޝަނަލް މިއުޒިއަމް، އަލްމަސްމާކް ޕެލަސް މިއުޒިއަމް، ޖަކްސްގައި ހުންނަ ސައުދީ އަރަބިއްޔާ މިއުޒިއަމް އޮފް ކޮންޓެމްޕަރަރީ އާޓް، ދިރިޔާހް އާޓް ފިއުޗާސް އަދި ޖިއްދާގެ ޠާރިގު ޢަބްދުލްޙަކީމް މިއުޒިއަމް ހިމެނެ އެވެ.

މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ޘަޤާފީ މަންޒަރުތައް ދައްކާލުމަށްޓަކައި ފަރުމާކުރެވުމުންދާ ރިޔާޟްގައި އެޅުމަށް ހަމަޖެހިފައިވާ ބްލެކް ގޯލްޑް މިއުޒިއަމާއި ޖިއްދާގެ ރެޑް ސީ މިއުޒިއަމް ފަދަ މިއުޒިއަމްތައް ތަޢާރަފްކޮށް މަޢުލޫމާތު ހިއްސާކުރުން މި ކެންޕޭނުގެ ދަށުން ކުރިއަށްދެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތަރިކަ ހިމާޔަތްކުރުމުގެ ގޮތުން އެ ކޮމިޝަނުން ވަނީ 11 ސަރަޙައްދެއްގައި މައުރަޒުތައް ތަރައްޤީކުރުމަށް އިޢުލާނުކޮށްފައެވެ. އޭގެތެރޭގައި ޤަޞީމް، ޖައުފް، އާސިރު، ތަބޫކް، ހާއިލް، ނަޖްރާން، ޢަރާރު، ދައްމާމް، މައްކާ، ޖާޒާން އަދި ބާހާވެސް ހިމެނެއެވެ.

"އަވަރ ސަޢޫދީ ސްޓޯރީ" މި މޮޓޯގެ ދަށުން ކުރިއަށްގެންދާ މި ސަރަޙައްދީ މިއުޒިއަމްތަކުގައި ސަޢޫދީގެ ތާރީޚާއި ތަރިކައާއި ޤައުމިއްޔަތު ފާހަގަކޮށް، ސަޢޫދީ ޢަރަބިއްޔާގެ ތަފާތު ޘަޤާފީ ފަރުމާތަކާއި ތާރީޚުގެ މުއްސަނދިކަން ދައްކައިދިނުމަށް މަސައްކަތްކުރެވޭނެ ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މި މައުރަޒުތަކުގައި ދާއިމީ ކަލެކްޝަންތަކާއި ވަގުތީ އެގްޒިބިޝަންތަކާއި ތަޢުލީމީ ޕްރޮގްރާމްތަކާއި ޘަގާފީ ހަރަކާތްތައް ކުރިއަށް ގެންގޮސް، ޢިލްމާއި އުފެއްދުންތެރިކަމާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ތަންތަނަށް ވެގެންދާނޭކާ އެ ކޮމިޝަނުން ބުނެއެވެ.