ކޭއެސްރިލީފްގެ ފަރާތުން އަފްޣާނިސްތާނާއި ސޯމާލިއާގެ ރައްޔިތުންނަށް "ޝެލްޓަރ ކިޓް" ހިލޭ އެހީ ފޯރުކޮށްދީފި

1 އަހަރު ކުރިން
|
0

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ޕްލެޓްފޯމް އިންޓަރފޭސްތައް ފަރުމާކޮށް ތަރައްޤީކުރުމުގެ ޤައުމީ އޮނިގަނޑެއް ކަމުގައިވާ "ޕްލެޓްފޯމް ކޯޑް" ސަޢޫދީ ޢަރަބިއްޔާގެ ޑިޖިޓަލް ގަވަރމަންޓް އޮތޯރިޓީން ތަޢާރަފްކޮށްފިއެވެ.

ރިޔާޟްގައި ބޭއްވި އިވެންޓެއްގައި އިފްތިތާހުކުރި މި ފްރޭމްވަރކްގެ މަގްސަދަކީ ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ދެމެހެއްޓެނިވި އަދި މެދުކެނޑުމެއް ނެތި ޚިދުމަތްތައް ލިބިގަތުމުގެ މަގު ފަހިކޮށްދިނުމެވެ. ޕްލެޓްފޯމް ކޯޑަކީ ކޯޑިން ފްރޭމްވޯކްތަކާއި ޑިޒައިން ޓޫލްސް އަދި ކޮމިއުނިޓީ ގައިޑްލައިންތައް އިންޓަގްރޭޓްކޮށް ޔުނިފައިޑް ޔޫޒަރ އެކްސްޕީރިއެންސްތައް ހަލުވިކަމާއެކު ކުރިއެރުވުމަށް މަގުފަހިކޮށްދޭ އޯޕަން ސޯސް ޑިޒައިން ސިސްޓަމެކެވެ.

ޑިޖިޓަލް ގަވަމެންޓް އޮތޯރިޓީގެ ގަވަރުނަރު އަހްމަދު އައްޞުވައިޔަން ވިދާޅުވީ ޕްލެޓްފޯމް ކޯޑަކީ ލޯކަލް އަދި ގްލޯބަލް ޑިޖިޓަލް މިންގަނޑުތަކާ އެއްގޮތް ކޯޑެއް ކަމަށާއި މިއީ ސަޢޫދީ އަރަބިއްޔާގެ ޑިޖިޓަލް ޚިދުމަތްތަކަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ޚިދުމަތް ލިބިގަތުމާއި އަދި ޚިދުމަތްތަކުގެ ފެންވަރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަކީ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމުގެ މަޤްޞަދުގައި ސަޢޫދީ "ޑިޖިޓަލް ސްޓްރެޓެޖީ" ތަޢާރަފްކުރުމުގެ އިތުރުން "ޑިޖިޓަލް ޓްރާންސްފޯމޭޝަން އެމްބެސެޑަރ" ޕްރޮގްރާމާއި 'ސީން ޕްރޮގްރާމް' ފަދަ ޕްރޮގްރާމްތައް ތަޢާރަފްކުރުމާއި އެއްބައިވަންތަ ޑިޖިޓަލް މުޖުތަމަޢެއް ކުރިއެރުވުމަށާއި، ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެކެވެ.

މި މަސައްކަތްތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ "ވިޝަން 2030 " ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.

ޚިދުމަތަތްކުގެ ފެންވަރު ރަގނގަޅުކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ޑިޖިޓަލް ގަވަރނަންސްގައި ކުރިއަރައި ދިޔުމަށް ސަޢުދީ ޢަރަބިއްޔާ ކުރާ މަސައްކަތަށް މިއީ އިތުރުވާ ބޮޅެކެވެ.

ކޭއެސްރިލީފްގެ ފަރާތުން އަފްޣާނިސްތާނާއި ސޯމާލިއާގެ ރައްޔިތުންނަށް "ޝެލްޓަރ ކިޓް" ހިލޭ އެހީ ފޯރުކޮށްދީފި

އަފްޣާނިސްތާނާއި ސޯމާލިއާގެ ރައްޔިތުންނަށް ސައުދީ އެހީދޭ އެޖެންސީ ކޭއެސްރިލީފުން އެތައް ސަތޭކަ ޝެލްޓާ ކިޓްތަކެއް ބަހާފައިވާ ކަމަށް ސަޢޫދީ ޕްރެސް އެޖެންސީން ބުނެފިއެވެ.

ޕާކިސްތާނުން އަފްޣާނިސްތާނަށް އެނބުރި އައި އަފްޣާނިސްތާނުގެ ރެފިޔުޖީންނަށާއ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަޝްރޫއުގެ ދަށުން މިދިޔަ ހަފުތާ ބަންދުގައި ވަނީ 200 ކިޓް ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އަފްޣާނިސްތާނުގެ 13 ޕްރޮވިންސެއްގައި ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 30،000 މީހުންނަށް ޓެންޓާއި ރަޖައާއި ޕްލާސްޓިކް ގޮދަޑި އާއި އެހެނިހެން ޟަރޫރީ ސާމާނު ހިމެނޭ ޖުމްލަ 4،882 މީހުންނަށް ލިބޭނެ ކަމުގައި ސަޢޫދީ ޕްރެސް އެޖެންސީއިން ބުނެއެވެ.

އަދި ސޯމާލިއާގައި ބަނާދިރު ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް 1،000 ޝެލްޓާ ކިޓާއި، 1،000 ފޭރާން ޕެކު އަދި 80 ޓެންޓު ދީ، އޭގެ ބޭނުން 6،000 މީހުންނަށް ވަނީ ލިބިފައިވާނެކަމަށްވެސް ސަޢޫދީ ޕްރެސް އެޖެންސީއިން ބުނެއެވެ.

ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް (ކޭއެސްރިލީފް) މަރުކަޒަކީ ސަލްމާން ބިން ޢަބްދުލްޢަޒީޒް ރަސްގެފާނު 2015 ވަނަ އަހަރު އުފައްދަވާފައިވާ މަރުކަޒެކެވެ. ކޭއެސްރިލީފްގެ ސުޕަވައިޒަރ ޖެނެރަލްއަކީ ޢަބްދުالله  ބިން ޢަބްދުލްޢަޒީޒް އައްރަބީއާއެވެ. މި މަރުކަޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ލިބެމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަޢޫދީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޤާއިމްކުރެވުނު ސެންޓަރެކެވެ.