ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ޕްލެޓްފޯމް އިންޓަރފޭސްތައް ފަރުމާކޮށް ތަރައްޤީކުރުމުގެ ޤައުމީ އޮނިގަނޑެއް ކަމުގައިވާ "ޕްލެޓްފޯމް ކޯޑް" ސަޢޫދީ ޢަރަބިއްޔާގެ ޑިޖިޓަލް ގަވަރމަންޓް އޮތޯރިޓީން ތަޢާރަފްކޮށްފިއެވެ.
ރިޔާޟްގައި ބޭއްވި އިވެންޓެއްގައި އިފްތިތާހުކުރި މި ފްރޭމްވަރކްގެ މަގްސަދަކީ ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ދެމެހެއްޓެނިވި އަދި މެދުކެނޑުމެއް ނެތި ޚިދުމަތްތައް ލިބިގަތުމުގެ މަގު ފަހިކޮށްދިނުމެވެ. ޕްލެޓްފޯމް ކޯޑަކީ ކޯޑިން ފްރޭމްވޯކްތަކާއި ޑިޒައިން ޓޫލްސް އަދި ކޮމިއުނިޓީ ގައިޑްލައިންތައް އިންޓަގްރޭޓްކޮށް ޔުނިފައިޑް ޔޫޒަރ އެކްސްޕީރިއެންސްތައް ހަލުވިކަމާއެކު ކުރިއެރުވުމަށް މަގުފަހިކޮށްދޭ އޯޕަން ސޯސް ޑިޒައިން ސިސްޓަމެކެވެ.
ޑިޖިޓަލް ގަވަމެންޓް އޮތޯރިޓީގެ ގަވަރުނަރު އަހްމަދު އައްޞުވައިޔަން ވިދާޅުވީ ޕްލެޓްފޯމް ކޯޑަކީ ލޯކަލް އަދި ގްލޯބަލް ޑިޖިޓަލް މިންގަނޑުތަކާ އެއްގޮތް ކޯޑެއް ކަމަށާއި މިއީ ސަޢޫދީ އަރަބިއްޔާގެ ޑިޖިޓަލް ޚިދުމަތްތަކަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ޚިދުމަތް ލިބިގަތުމާއި އަދި ޚިދުމަތްތަކުގެ ފެންވަރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތަކީ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމުގެ މަޤްޞަދުގައި ސަޢޫދީ "ޑިޖިޓަލް ސްޓްރެޓެޖީ" ތަޢާރަފްކުރުމުގެ އިތުރުން "ޑިޖިޓަލް ޓްރާންސްފޯމޭޝަން އެމްބެސެޑަރ" ޕްރޮގްރާމާއި 'ސީން ޕްރޮގްރާމް' ފަދަ ޕްރޮގްރާމްތައް ތަޢާރަފްކުރުމާއި އެއްބައިވަންތަ ޑިޖިޓަލް މުޖުތަމަޢެއް ކުރިއެރުވުމަށާއި، ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެކެވެ.
މި މަސައްކަތްތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ "ވިޝަން 2030 " ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.
ޚިދުމަތަތްކުގެ ފެންވަރު ރަގނގަޅުކޮށް، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ޑިޖިޓަލް ގަވަރނަންސްގައި ކުރިއަރައި ދިޔުމަށް ސަޢުދީ ޢަރަބިއްޔާ ކުރާ މަސައްކަތަށް މިއީ އިތުރުވާ ބޮޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު