ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި އިމާރާތްކުރުން ވެސް މަނާކޮށްފި

1 އަހަރު ކުރިން
|
0

އިންޑިއާގެ ވެރިރަށުގެ ވައި ތަޣައްޔަރުވާ މިންވަރު މި އަހަރު މާ ބޮޑަށް އިތުރުވުމުގެ ސަބަބުން، ކަމާބެހޭ ފަރާތްތަކުން އެ ޤައުމުގެ ސްކޫލްތައް ބަންދުކޮށްފިއެވެ. އަދި ހަމަ މިކަމާ ގުޅިގެން އިމާރާތްކުރުން ހުއްޓާލައި، ވަރަށް މުހިންމު ޒަރޫރީ ބޭނުމެއްގައި ނޫނީ އެ ސިޓީއަށް ޓްރަކްތައް އެތެރެވުން ވެސް މަނާކޮށްފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ނޭޝަނަލް ކެޕިޓަލް ޓެރިޓަރީ (އެންސީޓީ)ގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ 1،081އަށް އަރާފައިވާ ކަމަށް ސްވިޒަލޭންޑްގެ ގްރޫޕެއް ކަމަށްވާ އައިކިއުއެއާގެ ލައިވް ރޭންކިންއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ޕޮލިއުޝަން ކޮންޓްރޯލް އޮތޯރިޓީން ބުނީ ނޭޝަނަލް ކެޕިޓަލް ޓެރިޓަރީގައި މިދިޔަ 24 ގަޑިއިރު ވައިގެ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ރީޑިން ހުރީ 484 ކަމަށާއި އެއީ "ސީވިއާ ޕްލަސް"ގެ ގޮތުގައި ގިންތިކުރެވޭ ކަމަކަށް ވާއިރު މިއީ މި އަހަރު ރެކޯޑުކުރެވިފައި ވާ އެންމެ މަތީ މިންވަރު ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ވައި ބާރުވެ އެކަމުގެ ނުރައްކާ ބޮޑުވުމުން، ހުރިހާ ސްކޫލެއްގައި ވެސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަށް ނިއު ދިއްލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. އަދި ހަމަ އެހެންމެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ، އިމާރާތް ކުރުމުގެ ހަރަކާތްތަކާއި ވެހިކަލް ދުއްވުން މަނާކުރުމަށާއި އެކަންކަން ހަރުކަށިކޮށް ބަލަހައްޓައި ދިނުމަށް އެދިފައެވެ.

ޤުދުރަތީ ކާރިޒާތަކާއި އިޚްތިޔާރުން ބޭރުން ލިބޭ ގެއްލުންތަކުގެ އަމާޒުފަތްގަނޑަކަށް ވުމުން މީހާ ސަލާމަތްވެގެން ހުރެވޭ އެންމެ ބޮޑު މިންވަރަަކަށް ސަލާމަތް ވެގެން ހުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާ އެއްގެ ގޮތުގައި ދެކެން ވާނެއެވެ. އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައި ލުމަކީ އިސްލާމީ ހަމަތަކާ އުޞޫލުތަކާ މުޅިން ޚިލާފު ކަމެކެވެ.