އިންޑިއާގައި މުސްލިމް އަންހެން ކުއްޖަކު ރޭޕްކޮށް މަރާލައިފިއެވެ.
އުއްތަރު ޕްރަދޭޝްގެ ސަހަރަންޕޫރުގައި ރޭޕްކޮށް މަރާލާފައިވަނީ އުމުރުން 10 އަހަރުގެ މުސްލިމް އަންހެން ކުއްޖަކެވެ.
އެ ކުއްޖާ ވަގަށްނަގައި ރޭޕުކޮށްފައި ވަނީ ހުކުރު ދުވަހުގެ ހަވީރު އެ ކުއްޖާގެ ގޭގެ ބޭރުގައި ކުޅެން އުޅެނިކޮށެވެ.
މި ކަން ކުރިކަމަށް ޝައްކުކުރެވޭ މީހާ ވަނީ ފުލުހުން އޭނާ ކުރިކަމަކަށް މި ކަން ތުހުމަތު ކުރާނޭ ކަމުގެ ބިރަށް އެ ކުއްޖާ ނޭވާ ހާސްކޮށް މަރާލައި، އޭނާގެ ގެއާ 200 މީޓަރު ދުރުގައި ހުރި ގަސްގަހާގެހިތަކުގައި އެ ކުއްޖާގެ ހަށިގަނޑު ފޮރުވާފައެވެ.
ފުލުހުން މި މައްސަލާގައި ވަނީ އޭނާގެ އަވަށްޓެރިޔާ؛ އުމުރުން 50 އަހަރުގެ ވެޑްޕްރަކާޝް ދިމާން ހައްޔަރުކޮށްފައެވެ.