ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ނިރުބަވެރި ސިފައިން ޣައްޒާގެ އުތުރާއި ދެކުނުގައި ފުޅާ ދާއިރާއެއްގައި ގިޑިއޮންސް ޗެރިއޯޓްސްގެ ނަމުގައި އައު އެއްގަމު އޮޕަރޭޝަންތަކެއް ފަށައިފިއެވެ.
މި އޮޕަރޭޝަން ފަށާފައި ވަނީ މި ހަފުތާގެ އާދިއްތަ ދުވަހުގައެވެ.
މި އޮޕަރޭޝަންތަކުގައި އިސްރާއީލުގެ އެއަރ ފޯސް ބައިވެރިވެއެވެ. ވޭތުވެދިޔަ ހަފްތާގައި އިސްރާއީލުން ވަނީ ހަމާސްގެ 670 އަމާޒަކަށް ހަމަލާދީފައެވެ.
މި ދިޔަ 24 ގަޑިއިރުތެރޭގައި އިސްރާއީލުންވަނީ ޣައްޒާގެ 130އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައެވެ.
އަދި އިސްރާއީލުން ޣައްޒާއަށް ވަންނަ އެހީގެ މަގުތައް ބަންދުކުރުމުގެ ސަބަބުން، އިންސާނީ ހާލަތު ވަނީ ވަރަށް ދަށްވެފައެވެ.
ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލުން ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ތަކެއްޗާއި، ތެޔޮ ފަދަ އަސާސީ ތަކެތި ވެއްދުން ހުއްޓުވިތާ މި ވަނީ 3 މަސްވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ