ޣައްޒާގެ ސުކޫލަކަށް ހަމަލާދީ 31 މީހުން ޝަހީދުކޮށްލައިފި!

1 ހަފްތާ ކުރިން
|
0

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ  ބުރައިޖް ކޭންޕުގެ އަބޫހަމީސަތް ސުކޫލަށް ދިން ނިރުބަވެރި ހަމަލާގައި 31 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިވިލްޑިފެންސުން ވިދާޅުވީ މި ހަމަލާ އަމާޒުކޮށްފައިވަނީ ގެދޮރު ގެއްލިފައިވާ އެތައްބައެއް ދިރިއުޅެމުން އަންނަ ސުކޫލަކަށް ކަމަށެވެ.

މަންޒަރުދުށް ފަރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސުކޫލުގައިހުރި ހުރިހާޓެންޓެއއވަނީ އަންދާ އަޅިއަށްވެފައެވެ.

މިހަމަލާގައި 31 މީހުން ޝަހީދުވެފައިވާއިރު މީގެތެރޭގައި  ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ. މިހަމަލާގައިވަނީ އެތަށް ބައެއް ޒަހަމްވެގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހު ފެށުނު ހަނގުރާމާގައި މިހާތަނަށް ވަނީ 52،651 މީހުން ޝަހީދުކޮށްލާފައެވެ. އަދި 118،752 މީހުން ޒަހަމްކޮށްލާފައެވެ.