އިންޑިއާގެ ހޮސްޕިޓަލެއްގައި މަރުވެފައި އޮތް މީހެއްގެ ލޯ މީދާ ކާލާފައިވާކަމަށް މީޑިއާތަކުން ހާމަކޮށްފިއެވެ.
އިންޑިއާގެ ޕަޓްނާގައި ހުންނަ ނަލަންދާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ހިނގި އެ ހާދިސާގެ މައްސަލަ ތަޙުޤީޤުކުރުމަށް ކުރުމަށް އޮޓޯޕްސީ ހެދުމަށް ގެންގޮސް ތަނެއްގައި ބާއްވާފައި އޮއްވާ އޭނާގެ އެއް ލޯ ގެއްލިފައިވާކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.
އާއިލާއިން ބުނީ އޭނާ ހޮސްޕިޓަލުން އޮޓޯޕްސީ ހެދުމަށް ގެންދިޔަ މަގުމަތީގައި އެނާގެ އެއްލޯ މަދުކަމަށް ފާހަގަވި ކަމަށާއި އެނދުމަތީގައި އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ ވަޅިއެއް ކަހަލަ ތޫނު ވެސް އެއްޗެއް ވެސް އޮތް ކަމަށެވެ.
މި މައްސަލަ ފެންމަތިވުމާ އެކު އެ ހޮސްޕިޓަލުން ވަނީ ތަޙުޤީޤެއް ހިންގައި އެ ކަމުގެ މައުލޫމާތު އާންމުކޮށްފައެވެ. ހޮސްޕިޓަލުގެ އޮފިޝަލުން ބުނީ، މިހާތަނަށް ބެލިބެލުމުން އެނގެނީ އެމީހާގެ އެއްލޯ ކާލާފައިވަނީ މީދަލެއް ކަމަށާއި އެ ވަގުތު ޑިއުޓީގައި ތިބި ދެ ނަރުހުންގެ އިހުމާލު އެ ކަމުގައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި އެ ވަގުތު ޑިއުޓީގައި ތިބި ދެ ނަރުހުން މިހާރު ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން މައުލޫމާތުދެއެވެ.
އޮޓޯޕްސީ އަށްފަހު ހާދިސާގެ ތަޙުޤީޤު އިތުރަށް ކުރިޔަށް ދިއުމަށް ނިންމާފައި ވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
މަރުވި މީހާގެ ޢާއިލާއިން ތުޙުމަތުކޮށް ބުނަމުން އަންނަނީ މި ކަމަކީ މަރުގެ މައްސަލައިގެ ތަޙުޤީޤު އޮޅުވާލަން ބަޔަކު ގަސްތުގައި ރާވައިގެން ކުރި ކަމެއް ކަމަށޭވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ