މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ބ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 8:50 އިން މިއަދު މެންދުރު 13:00 އާއި ހަމައަށް މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އެ އިދާރާއިން ބުނީ، ބޯކޮށް ވާރޭވެހި ގުގުރުމާއިއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރާކަމަށެވެ.
އަދި ބ. އަތޮޅާއި މ، އަތޮޅުގެ އިތުރަށް، ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހަމައަށް ނެރެފައިވާ ހުދު ސަމާލު ވެސް މެޓް އޮފީހުން ވަނީ ދަމަހައްޓާފައެވެ.
އިއްޔެ ހެނދުނު 10:00އިން އިއްޔެ މެންދުރު 13:30އަށް މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވެއެވެ. އަދި ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު