މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވެެއްޖެއެވެ.
މާލެއަށް ބޯކޮށް ވާރޭ ވެހެން ފެށީ އިއްޔެ ފަތިހުއެވެ.
ވާރޭ ވެހުމުގެ ސަބަނުން މާލޭގެ މަޖީދީމަގާއި އެތެރޭގެ ބައެއް މަގުތައް ވެސް ފެންބޮޑުވެފައިވާ އިރު މި ފަހުން ސްޓޯމް ވޯޓާ ސިސްޓަމް ބެހެއްޓި އައިޖީއެމްއެެޗް ސަރަހައްދުގައި ވެސް އޮތީ ފެންބޮޑުވެފައެވެ.
ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. މި ސަރަހައްދުތަކަށް އިއްޔެ މެންދުރު އެކެއް ޖަހަންދެން ބޯކޮށް ވާރޭ ވެހި ގުގުރައިފައި ވާކަމަށް އެ އޮފީހުން ބުނެއެވެ. އަދި ވައިގެ ބާރުމިން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެފައި ވާކަމަށާއި އެކަމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެެވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު