ސައުދީން މި އަހަރުގެ މިހާތަނަށް ޤައުމުން ބޭރު 101 މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

1 އަހަރު ކުރިން
|
0

ސައުދީން މި އަހަރުގެ މިހާތަނަށް އެ ގައުމުން ބޭރު 101 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ ގުރޫޕުތަކުން ވަނީ ސައުދީން މިހާތަނަށް އެ ޤައުމުން ބޭރު 101 މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށާއި މި އަހަރު މިއީ އެ އަދަދު އިތުރުވެފައިވާ އަހަރެއް ކަމަން އިންސާނީ ޙައްޤުތަކާ ބެހޭ ގުރޫޕުތަކުން ވަނީ ފާހަގަކޮށްފައެވެ.

ސައުދީން މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ އެ ޤައުމަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ސާބިތުވެފައިވާ ޔަމަނުގެ މީހަކު މަރާލައިފައެވެ. އެ މީހާގެ މަރާ އެކު، ސައުދީގައި ބިދޭސީންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރި އަދަދު 101އަށް އަރާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މި ހިނގާ ނޮވެމްބަރު މަހުގައި ވެސް މަދީނާގެ ޖާމިޢާތެރޭގައި 2 މީހެއްގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގައި ވެސް ވަނީ މީހަކު މަރައިލާފައެވެ.

ސައުދީގައި 2022 އަދި 2023ވަނަ އަހަރު ތަންފީޒުކޮށްފައި ވަނީ 34 ވަރަކަށް މީހުންގެ މަރު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މަރަށް މަރުހިފުމަކީ އިޖްތިމާޢީ ޢަދުލު ޤާއިމުކުރުމަށް ކޮންމެ ހެން ބޭނުންކަމެކެވެ. ޖިނާޢީ ޢަދުލުގެ ނިޒާމުގެތެރެއިން ކުށެއް ސާބިތުވެ، އެ ކުށަކީ މަރުގެ އަދަބު ދިނުން ޙައްޤުވާ ކުށެއްކަމަށް ސާބިތުވަންޏާ އެއަދަބު ތަންފީޒުކުރުން ލަސްކޮށްގެން ވެސް ނުވާނެއެވެ. އެހެނީ މަރަށް މަރުހިފުމާއި އަނިޔާގެ ބަދަލު ހޯދައި ދިނުމަކީ އެ ކަމުގައި ދިރުން ލައްވާފައި ވާ ކަމެއްގެ ގޮތުގައި ﷲ ވަނީ ސިފަކުރައްވާފައެވެ. އެކަލާންގެ ވަޙީ ކުރެއްވިއެވެ. وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ‎﴿البقرة: ١٧٩﴾‏ މާނައީ: "އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."