އިސްރާއީލުގެ އެތަކެއް އަސްކަރީ އުޅަނދުތަކަށް ހަމަލާދޭ މަންޒަރުތަކެއްއާންމުކޮށްފި

1 އަހަރު ކުރިން
|
0

ޣައްޒާ މިނިވަންކުރުމަށް ޖިހާދުކުތަމުންދާ ހަމާސް އިސްލާމިކް ރެސިސްޓަންސް މޫވްމަންޓްގެ އަލް-ޤައްސާމް ބްރިގޭޑްސްއިން ޣައްޒާގެ އުތުރުގައި އިޒްރާއީލުގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ކަމުންދާ ހަނގުރާމަތަކުގެ މަންޒަރުތަކެއް ހިމެނޭ ވީޑިއޯއެއް ޢާންމުކޮށްފިއެވެ

އިއްޔެ އޤންމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި ޖަބާލިޔާ ރެފިއުޖީ ކޭމްޕްގައި ރެސިސްޓަންސް ފައިޓަރުން މެރްކަވާ ޓޭންކްތަކާއި، ޑީ9 މިލިޓަރީ-ގްރޭޑް ބުލްޑޯޒަރުތަކާއި އާމަޑް ޕަރސަނަލް ކެރިއަރ (އޭޕީސީ) އެއް ހިމެނޭ ގޮތަށް އިސްރާއީލުގެ އެތަކެއް އަސްކަރީ އުޅަނދު ހަލާކުކޮށްލާފައިވާ މަންޒަރުތަށްވަނީ ދައްކާލާފައެވެ.

އަދި އިސްރާއީލުގެ ”އެއޭޖީ“ މެޝިން ގަން އެއްވެސް ރެސިސްޓެންޓް ފައިޓަރުންގެ ބާރުގެ ދަށަށް ގެންނަ މަންޒަރުވެސް ވަނީ ދައްކާލާފައެވެ.

407 ދުވަސް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނިރުބަވެރި ގަތުލުއާންމު ހަނގުރާމައަށްވެފައިވާއިރުވެސް ޣައްޒާގެ މުޖާހިދުންގެ ފަރާރުން ފެންނަމުންދަނީ ހިތްވަރުގަދަ ކަމާއި ކެރުންތެރިކަމުގެ ހަރުދަނާ މަންޒަރުތަކެކެވެ.

ޖަބާލިޔާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާއަށް މަހެއްބެފައިވާއިރުވެސް ޣައްޒާގެ މުޖާހިދުން ހިތްވަރުއެލުވާލުމެއްނެތި ދަނީ މުޖާހިދުންގެ ހަމަލާތައް އެއްހަމަލާއަށްވުރެ އަނެއްހަމަލާ ވަރުގަދަ ކުރަމުންނެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އިސްރާއީލުގެ 162 ވަނަ ޑިވިޝަންގެ 401 ވަނަ އާމަޑް ބްރިގޭޑްގެ ކޮމާންޑަރު، ކާނަލް އެހްސާން ދަޤްސާ، އަލް-ޤައްސާމް ފައިޓަރުން އެ ޖަބާލިއާގައި މަރާލި ކަމެވެ.އޭނާ މަރާލުމަށް އޭނާއިން ވެހިކަލްއަށް ހަމަލާދީ ގޮށްވާލާ ވީޑިއޯވެސް ވަނީ ޤައްސާމް ބްރިގޭޑް އިން އާންމުކޮށްފައެވެ.