އުތުރު އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ޖާންސީ ސިޓީގައި ހުންނަ ހޮސްޕިޓަލެއްގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓުގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 ތުއްތުކުދިން މަރުވެެ، 16 ކުދިން ޒަޚަމްވެފައިވާކަމަށއ ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.
މި ހާދިސާ ހިނގިއިރު ވޯޑުގައި ތިބި 55 ކުދިންކަމަށާއި އޭގެ ތެރެއިން 45 ކުދިން ސަލާމަތްކުރެވުނު ކަމަށް ލޯކަލް އޮފިޝަލް ބިމަލް ކުމާރު ދުބޭ ވަނީ ވިދާޅުވެފައެވެ. އަދި މި ކުދިންނަށް މިހާރު ވެސް ބޭސްފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާން ރޯވި ސަބަބު އަދި ސާފުވެފައި ނުވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ހޮނިހިރު ދުވަހު ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވި އުއްތަރު ޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރ ބްރަޖޭޝް ޕަތާކް ވަނީ މި ހާދިސާގެ ތަޙްޤީޤެއް ކުރިއަށް ގެންދާނެ ކަމަށާއި، ޒިންމާދާރުވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއީ އިންޑިޔާގައި ފަހަކަށް އައިސް ހިނގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މިދިޔަ މެއި މަހު ނިއު ދިއްލީގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 6 ތުއްތުކުދިން މަރުވެފައި ވެއެވެ. އަދި މީގެ 3 އަހަރު ކުރިން މަހާރާޝްޓްރާ ސްޓޭޓުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 ތުއްތުކުދިން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ