ހުޅުމާލޭގައި ހުންނަ ރާކަނި ބީޗްގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ރާކަނި ބީޗްގައި ތިބި ދެމީހެއްގެ ދެމެދުގައި ދެބަސްވުމެއް ހިނގައި މާރާމާރީ ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ރޭގެ ވަގުތެއްގައި ލިބިފައިވާކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާގެ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު މި މައްސަލައިގައި މީހަކަށް އަނިޔާވީކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު