ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ ބިރުދައްކައި މުދަލަށް ގެއްލުންދީފި، މައްސަލަ ބަލަނީ!

1 އަހަރު ކުރިން
|
0

ހުޅުމާލޭގައި ހުންނަ ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ ބިރުދައްކައި އެތަނުގެ މުދަލަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހެނދުނު 06:32 ހާއިރު ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ، މުދަލަށް ގެއްލުން ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުން އަންނަކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، ތަޙުޤީގުކުރަމުންދާ މައްސަލައަކަށް ވާތީވެ އިތުރު ތަފްސީލު ހިއްސާކުރެވެން ނެތް ކަމަށެވެ.

މި މައްސަލަ އެންމެ ފުރަތަމަ ސަމާލުކަމަށް އައިސްފައި ވަނީ މީސް މީިޑިޔާގައި ދައުރުވަމުން ދިޔަ ޕޯސްޓަކުންނެވެ.

އެގޮތުން އަންހެނަކާއި ފިރިހެނެއްގެ ފޮޓޯ ހިއްސާކޮށް އެ ޕޯސްޓްގައި ބުނެފައިވަނީ، އެ ދެމީހުން އެ އެޕާޓްމަންޓަށް ވަދެ 5 އަހަރު ނުވާ ކުޑަކުޑަ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ނިދާފަ އޮއްވައި ނަގައި އެކުޖާގެ ގެންގުޅޭ ކުޅޭ އެއްޗިހިތައް އުކާލައި އެ ތުއްތު ދަރި ކުރިމަތީގައި މައިން ބަފައިންނަށާއި އެއްބަނޑު ކުދިންނަށް މަރުގެ އިންޒާރުދީ ކޮށާލާނެ ކަމަށް ބުނެ ބިރުދައްކާފައިވާކަމަށެވެ.