ލުބުނާނުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އްމާޒުކޮށްދޭ ހަމަލާތަށްދަނީ އިތުރުވަމުން: އދ

1 އަހަރު ކުރިން
|
0

ހައްދުފަހަނަ އަލާފައިވާ އިސްރާއީލުގެ ނިރުބަވެރިން ލުބުނާނުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެމުންދާ ހަމަލާތައް އާންމުވެ އިތުރުވަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވިދާޅުވެއްޖެއެވެ.

ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވަނީ އިސްރާއީލުން އިއްޔެ ދިން ހަމަލާގައި ލުބުނާނުގެ 12 ޕެރަމެޑިކްސް މަރުވުމާ ގުޅިގެން އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދިމިފަދަ ކަންކަން އާންމުވަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލުބުނާނުގެ ސިވިލް ޑިފެންސް ސެންޓަރަކަށް އިސްރާއީލުން އިއްޔެ ދިން ހަމަލާގައި ގާތްގަނޑަކަށް 12 ޕެރަމެޑިކްސް މަރުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލަދީ ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި އެގައުމުގެ 59 މީހުން މަރުވެ 182 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ލުބުނާނުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 3،445 މީހުން މަރުވެ 14،599 މީހުން ޒަޚަމްވެފައިވެއެވެ.