އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހާލަތާ ގުޅޭގޮތާ މެދު ވަނީ މަޝްވަރާކޮށްފައެވެ. މިއީ ބައިޑަންގެ ދަޢުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ.
ނޮވެންބަރު 5ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވަނީ ކަމަލާ ހެރިސްއަށް ވުރެ ކުރިހޯދާފައެވެ. އަދި ކޮންގްރެސްގެ ދެ މަޖިލީހުގައި ވެސް ރިޕަބްލިކަނުން ވަނީ އަޣްލަބިއްޔަތު ހޯދާފައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކަރިން ޜޮން-ޕިޔޭ ވިދާޅުވިގޮތުގައި، ދެ ބޭފުޅުން ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ބައްދަލުވުމުގައި ބައިޑަން ވަނީ ޔޫކްރެއިނަށް ދެމުންދާ އެހީތެރިކަން މެދުނުކެނޑުމަށް ޓްރަމްޕް ގާތުން އެދިފައެވެ. ޓްރަމްޕަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ދެކޮޅު މީހެކެވެ.
ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޭކް ސަލިވަން ބުނާ ގޮތުގައި، ޔޫކްރެއިނަށް އެހީތެރިވުމަކީ އެމެރިކާގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ބައިޑަން ވަނީ ޓްރަމްޕ2 ގާތު ބުނެފައެވެ. އަދި މި ކަމަކީ ވިލާތުގެ ސުލްޙަ ދެމެހެއްޓުމަށާއި އެމެރިކާ ހަނގުރާމައަކަށް ވެއްޓުނަ ނުދިނުމަށް މުހިން މުކަމެއް ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕް ބުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ގޮތް ސާފުކޮށްދީފައެއް ނުވެއެވެ. ޓްރަމްޕް ޤަބޫލުކުރާ ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ރަޝިޔާއިން އަތުލާފައިވާ ޔޫކްރެއިންގެ ސަރަޙައްދުތައް ރަޝިޔާއަށް ދޫކޮށްލައިގެންނެވެ.
މި ބައްދަލުވުމުގައި މެދުއިރުމަތީގެ މައްސަލައާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށް ޓްރަމްޕް ބުންޏެވެ.
ދެ ވެރިން ވަނީ 2025 ޖަނަވަރީ 20 ގައި ވެރިކަން ބަދަލުކުރުމުގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައެވެ.
"އޮމާންކަމާ އެކު ވެރިކަން ބަދަލުކުރެވޭނެ ކަމަށް އުންމީދުކުރަން. މި ކަމަށް ބޭނުންވާ އެއްބާރުލުން ތިމަންނަގެ ފަރާތުން ލިބޭނެ," ބައިޑަން.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ