قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْـًٔا(سورة مريم: 9)
މާނައީ: އެކަލާނގެ ވަޙީކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، މައުޖޫދުވެގެންވާ އެއްޗެއްކަމުގައި ނުވާ ޙާލު، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ.
ތަފްސީރުގައި ވަނީ: މާތް ﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ކަން ހުރީ އެފަދައިންނެވެ. ތިމަން ﷲއަށް އުނދަގޫ އެއްވެސް ކަމެއް ނުވެއެވެ. ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންގެ ކިބައިން ތިމަންރަސްކަލާނގެ އެދަރިކަލުން އުފައްދަވާހުށީމެވެ. އެއީ، ތިމަންރަސްކަލާނގެއަށް ނުހަނު ފަސޭހަފުޅު ކަމެކެވެ. މީގެ ކުރިން ނެތުމުގެ ތެރެއިން ކަލޭގެފާނުވެސް ހެއްދެވި ފަދައިންނެވެ. ފަހެ، މާތް ﷲ ނުކުޅައްދައިލެވޭނޭ އެއްވެސް ފަރާތެއް ނުވެއެވެ.
މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން