ٱللَّهُ نُورُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَـٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَـٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ (سورة النور:35)
މާނައީ: اللَّه އީ، އުޑުތަކާއި، ބިމުގެ ނޫރެވެ. އެކަލާނގެ ނޫރުފުޅުގެ މިސާލަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ މިސާލެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ ނޫރުފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް މިސާލުތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ތަފްސީރުގައި ވަނީ: ގަދަ ކީރިތިވަންތަ މާތް ﷲއީ މުޅި ކާއިނާތު އަލިކުރައްވާ ރަސްކަލާނގެއެވެ. އަލިގަދަ ތަރިތަކުން އެކަލާނގެ އުޑު އަލިކުރެއްވިއެވެ. އަދި ޝަރީޢަތްތަކާއި ޙުކުމްތަކުންނާއި، ރަސޫލުބޭކަލުން ފޮނުއްވުމުން ބިން އަލިކުރެއްވިއެވެ. އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ރޭގަނޑެއް ދުވާލެއް ނުވެއެވެ. އުޑުތަކާއި ބިންތަކުގެ އައްޔަކީ އެކަލާނގެ ވަޖުހުފުޅުގެ ނޫރުފުޅެވެ." (ތަފްސީރު އިބްނިކަޘީރް، ސޫރަތުއްނޫރް، އާޔަތް: 35، އިބްނުކަޘީރް ރިވާކުރައްވާފައިވާ އިބާރާތުގައި ވަނީ "އަރްޝީގެ ނޫރަކީ އެކަލާގެ ވަޖުހުފުޅުގެ ނޫރެވެ." މިފަދައިންނެވެ.) މާނައީ މާތް ﷲ ހެއްދެވި އައްޔެވެ. ދެން އެ އަލިން މުޅި ކާއިނާތު އަލި ލިބިގަތެވެ. މި އާޔަތުގެ ތަފްސީރުގައި އައްޠަބަރީ ވިދާޅުވެފައި ވެއެވެ. "މާތް ﷲއީ އުޑުތަކާއި ބިމުގެ އަހުލުވެރިންނަށް ތެދުމަގު ދައްކަވާ ރަސްކަލާނގެއެވެ. ފަހެ، އެބައިމީހުން ޙައްޤުގެ މަގަށް ތެދުމަގު ލިބިގަންނަނީ އެކަލާނގެ ނޫރުންނެވެ. އަދި މަގުއޮޅުމުގެ ތެރޭގައި އެބައިމީހުން ރައްކާތެރިކަން ލިބިގަންނަނީ އެކަލާނގެ ހިދާޔަތުންނެވެ.“ (ތަފްސީރުއްޠަބަރީ، ސޫރަތުއްނޫރް، އާޔަތް: 35) އިބްނުލް ޤައްޔިމް ވިދާޅުވިއެވެ. މާތް ﷲ އެކަލާނގެ ޒާތުފުޅުގެ ނަންފުޅަކަށް ނޫރު ކިޔުއްވިއެވެ. އެކަލާނގެ ފޮތަކީ ނޫރެއް ކަމުގައި ލެއްވިއެވެ. އެކަލާނގެ ރަސޫލާ ﷺ އަކީ ނޫރެއް ކަމުގައި ލެއްވިއެވެ. (އިޖްތިމާޢުލް ޖުޔޫޝިލް އިސްލާމިއްޔާ، އިބްނުލްޤައްޔިމް، ތަޙްޤީޤު: ޑރ. ޢައްވާދު ޢަބްދުﷲ އަލްމުޢުތަޤް، ޞ: 65) އަދި މާތް ﷲ އެކަލާނގެ ޚަލްޤުތަކުންނަށް ނިވައިވެވޮޑިގެންވަނީ ނޫރުގެ ފަރުދާއަކުންނެވެ. އަދިވެސް އޭނާ ވިދާޅުވެފައި ވެއެވެ. އިބްނު މަސްޢޫދު ވަނީ އެހެން ބޭކަލުންނަށްވުރެ ރަނގަޅަށް މި އާޔަތް ތަފްސީރުކުރައްވާފައެވެ. ދެން މާތް ﷲ ވަޙީކުރައްވަނީ ﴿مَثَلُ نُورِهِۦ كَمِشْكَوٰةٍ﴾ މިފަދައިންނެވެ. މިއީ ޖައްސަވާފައިވާ މިސާލެކެވެ. މުއުމިނުންނަށް އެކަލާނގެ ދެއްވި ހިދާޔަތު އެކަލާނގެ ސިފަކުރައްވާފައި މިވަނީ އަލިގަދަ ނޫރެއްގެ ގޮތުގައެވެ. އެހެންކަމުން، އެކަލާނގެ މި އާޔަތް ނިންމަވާލައްވާފައި މިވަނީ ﴿وَيَضْرِبُ ٱللَّـهُ ٱلْأَمْثَـٰلَ﴾ މިބަސްފުޅުންނެވެ. ޤުރްއާނުގައި ވަރަށް ގިނައިން އީމާންކަމަކީ އައްޔެއް ކަމުގައްޔާއި، ކާފިރުކަމަކީ އަނދިރިކަމެއް ކަމުގައި ސިފަކުރައްވާފައި ވެއެވެ. މާތް ﷲގެ މި ވަޙީބަސްފުޅުގައިވާ ފަދައިން ނެވެ. ﴿لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ﴾ (އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ.) މާތް ﷲގެ ވަޙީބަސްފުޅު ﴿مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ﴾ ގެ މާނައަކީ މާތް ﷲ އެކަލާނގެ މުއުމިން އަޅާގެ ހިތުގައި ލައްވާފައިވާ ނޫރުގެ މިސާލަކީ ފާރެއްގައިވާ އެއްކޮޅު ބެދިފައިވާ އާނގެއްގެ މިސާލެވެ. އެހެންވުމުގެ ސަބަބުން އެ އާނގުގެ ތެރޭގައި އަލިގަދަވެ މުޅި ތަނަށް އަލިފެތުރިގެން ދެއެވެ. މިއާނގުގެ ތެރޭގައި އަލިގަދަ ބޮޑު ބައްތިއެއް ވެއެވެ. ﴿ٱلْمِصْبَاحُ فِى زُجَاجَةٍ﴾ އެ ބައްތި ވަނީ ސާފު ބިއްލޫރި ގަންދީލެއްގައެވެ. ﴿ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ﴾ އެ ބިއްލޫރީގެ ސާފުކަމާއި އަލިފެތުރުމުގައި، ފިޔަޖަހާ އަލިގަދަ ތަރިއެއް ފަދައެވެ. އެތަރި އޭގެ ރީތިކަމާއި އުޖާލާކަމުގައި ރަންމުތެއް ފަދައެވެ. ﴿يُوقَدُ مِن شَجَرَةٍ مُّبَـٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ﴾ އެ ބައްތި ދިއްލެނީ ފައިދާ ގިނަ ބަރަކާތްތެރި ޒައިތޫނި ގަހުންނެވެ. އެ ގަސް ހެދެނީ އިރުމަތީ ފަރާތަށް ޖެހިފައި ނުވާ އަދި ހުޅަނގު ފަރާތަށްވެސް ޖެހިފައި ނުވާ އުސްބިމެއްގައެވެ. އިރު އަރާ އިރުވެސް އަދި އިރު އޮއްސޭއިރުވެސް އިރު އެބިމަށް ނިވާނުވާ ފަދައެވެ. އެހެންކަމުން އެގަހުގެ ތެލަކީ އެންމެ ފެންވަރު ރަނގަޅު، އެންމެ ސާފު، އެންމެ އަލިކުރާ ތެޔޮކަމުގައި ވެއެވެ. ﴿يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ﴾ އެ ޒައިތޫނިގަހުން ލިބޭ ތެޔޮ ސާފުވެފައި، އަލި ރީތިކަމުން، އޭގައި އަލިފާން ނުބީހުނަސް އަލިކުރަން ކައިރިވެފައި ވެއެވެ. ވީއިރު، އެ ތެލުން ބައްތި ދިއްލޭއިރު ކިހާ އަލިވާނެ ހެއްޔެވެ؟ އޭގެ ނޫރާއި އަލިކަން އެތައް ގުނައަކަށް އިތުރުވެގެން ދާނެއެވެ. ﴿نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّـهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّـهُ ٱلْأَمْثَـٰلَ لِلنَّاسِ ۗ وَٱللَّـهُ بِكُلِّ شَىْءٍ عَلِيمٌ﴾ މާތް ﷲ އެކަލާނގެ މުއުމިން އަޅާގެ ހިތުގައި ލެއްވި ނޫރުގެ މިސާލަކީ މިއީއެވެ. ފަހެ، އެއީ އެތައް ގުނައަކަށް އިތުރުވާ މަތިވެރި ނޫރެވެ. އީމާންކަމުގެ ނޫރާއި، ހިދާޔަތުގެ ނޫރާއި، ކިޔަމަންތެރިކަމުގެ ނޫރާއި، މާތް ﷲގެ ސިފަފުޅުތައް މަޢުރިފާކޮށް ދެނެގަތުމުގެ ނޫރެވެ. މާތް ﷲ އެ އިލާހީ ނޫރަށް ތައުފީޤު ދެއްވަނީ، އެކަލާނގެ ހިދާޔަތާއި، ބާއްޖަވެރިކަމުގެ މަގަށް ތައުފީޤު ދެއްވަން އިރާދަކުރެއްވި މީހަކަށެވެ. މި އާޔަތުގައި އިޝާރާތްކުރައްވާފައިވާ ހިދާޔަތަކީ އީމާންކަމާއި، ބާއްޖަވެރިކަމަށް ވާޞިލްކޮށްދޭ ޚާއްސަ ހިދާޔަތެކެވެ. އެ ހިދާޔަތުން ދޭހަކޮށްދެނީ ހަމައެކަނި މަގުދެއްކުމެއް ނޫނެވެ. މާތް ﷲ މިސާލު ޖައްސަވަނީ އެ ޙަޤީޤަތް މީސްތަކުންގެ ވިސްނުމަށް ގާތްކޮށްދެއްވުމަށެވެ. މާތް ﷲއީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މުއިމިނުންނާއި ކާފިރުން، އަދި ހެޔޮލަފާ މީހުންނާއި ފާފަވެރިން ވަކިކުރައްވަން ރަނގަޅަށް ދެނެވޮޑިގެންވެއެވެ.
މާތް ﷲ މުއުމިން އަޅާގެ ހިތުގައި ލައްވާ، މާތް ﷲ މަޢުރިފާކޮށް ދެނެގަތުމުގެ ނޫރުގެ ބައްތިއެއް ފަދައިން ސިފަކުރައްވާފައި، އިރުން މިސާލުނުޖެއްސެވީ ކީއްވެތޯ ސުވާލުކުރެވިއްޖެނަމަ ޖަވާބަކީ މި މިސާލުޖެއްސެވުމުގެ ބޭނުމަކީ ހިތުގައިވާ ނޫރު ސިފަކުރެއްވުމެވެ. ހިތް އޮންނަނީ މޭމަތީގައި ކަމަށް ވެފައި މޭމައްޗަކީ ހަށިގަނޑުގެ ބަޔަކަށް ވާއިރު، އެއަށް މިސާލުޖައްސަވަން އެންމެ އެކަށީގެންވަނީ ފާރުގައިވާ އާނގެއްގައި ހުރި ބައްތިއެކެވެ. ތަފްސީރު ޢިލްމުވެރިންގެ ޝައިޚު، އައްޠަބަރީ ވިދާޅުވިއެވެ. އެއީ އީމާންކަމުގެ އަހުލުވެރިންގެ ހިތުގައިވާ ޤުރްއާނަށް މާތް ﷲ ޖައްސަވާފައިވާ މިސާލެކެވެ. އޭނާ ވިދާޅުވަނީ: މާތް ﷲގެ އަޅުތަކުންނަށް ތެދުމަގަށް މަގު ދައްކާ ނޫރުގެ މިސާލަކީ ފާރެއްގައިވާ އެއްކޮޅުން ބަންދުވެފައިވާ އާނގެއްގައި ހުރި ބައްތިއެއްގެ މިސާލެވެ. އެބައްތިއަކީ ހިތުގައިވާ ޤުރްއާނުގެ ބަޔާންކުރަނިވި އާޔަތްތަކުގެ މިސާލެވެ. ދެން މުއުމިނާގެ ހިތް ޤުރްއާނުގެ ނޫރުން އަލިވެ ޝިރުކާއި ކުފުރުން ސާފު ވީއެވެ. ބަރަކާތްތެރި ގަހަކުން ނެގޭ ޒައިތޫނީގެ މާނައަކީ މާތް ﷲގެ ޚަލްޤުތަކުންގެ މައްޗަށް ޤާއިމްކުރައްވާފައިވާ ޙުއްޖަތްތައް އޭގެ ސާފުކަމާއި، ބަޔާންވެގެންވުމުގައި، ޤުރްއާނުން އެ ޙުއްޖަތްތައް އިތުރަށް ބާޔަންކޮށްދީފައި ނުވިނަމަވެސް، އެއަށް ބަލައި ފިކުރުކުރި މީހަކަށް އަލިކުރަން ކައިރިވެފައި ވުމެވެ. ވީމާ، މާތް ﷲ އެބައިމީހުންނަށް އެޙުއްޖަތްތަކުގެ ވާހަކަ އަންގަވައި ހަނދާކޮށްދެއްވައި، އެބައިމީހުންނަށް ޙުއްޖަތާއި ޔަޤީންކަން އިތުރުކޮށްދެއްވާފައި ވާއިރު ދެން ކިހިނެއް ވާނޭހެއްޔެވެ؟ އެއީ މާތް ﷲގެ ނޫރެވެ، ނޫރުގެ މައްޗަށް ނޫރެވެ. (ތަފްސީރުއްޠަބަރީ، ސޫރަތުއްނޫރް، އާޔަތް:
މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން