ނަމާދަށް ފަރުވާކުޑަކުރާ މީހުންނަށް ހުރި ހަލާކު

6 ގަޑިއިރު ކުރިން
|
0

فَوَيْلٌ لِّلْمُصَلِّينَ(4) ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ (5) (سورة الماعون)

މާނައީ: ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. (4-5)

ތަފްސީރުގައި ވަނީ:  ފަހެ، އެބައިމީހުންގެ ވިޔަފާރީގައި މަޝްޣޫލުވުމުގެ ސަބަބުން ނަމާދާ މެދު ފަރުވާކުޑަކޮށް، ނަމާދު އޭގެ ވަގުތަށްވުރެ ފަސްކުރާ މީހުންނަށް ހަލާކާއި، ޢަޛާބާއި، ސުންނާފަތިކަން ހުށްޓެވެ. މިއީ މުނާފިޤުންގެ ސިފައެވެ. އެބައިމީހުން ނަމާދުކުރަނީ ދެއްކުންތެރިކަމާއި، މަޝްހޫރުކަމަށްޓަކައެވެ. ނަމާދަކަށް އެބައިމީހުން މުހިއްމުކަމެއް ނުދެއެވެ.

އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ. އެއީ ނަމާދު ކުރިއަސް އެނަމާދުން ދަރުމަ ލިބުމަށް ނޭދޭ އަދި ނަމާދު ދޫކޮށްލިއަސް ޢަޛާބު ލިބޭނެކަމަށް ބިރުވެތިނުވާ މީހާއެވެ. އެނާގެ ހިތް އީމާންކަމުން ހުސްވެފައި ވާތީއެވެ. މީގެ ދަލީލަކީ ދެން އަންނަ ވަޙީ ބަސްފުޅެވެ.

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.