إِنَّ مَعَ ٱلْعُسْرِ يُسْرًا (سُورَةُ الشَّرْح: 6)
މާނައީ: ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.
ތަފްސީރުގައި ވަނީ: ހަމަކަށަވަރުން އެ ނުތަނަވަސްކަމަށް ފަހު ކަލޭގެފާނަށް ފަސޭހަކަން ވެއެވެ. އަދި އެ ހިތާމައާއި ދަތިކަމަށް ފަހު، އެކަމުން ނުކުންނާނޭ މަގެއް ވެއެވެ. މިއީ މާތް ﷲ އެކަލޭގެފާނުގެ ޙާލު ދަތިކަން ފަސޭހަކަމަށް، އަދި ނުތަނަވަސްކަން ތަނަވަސްކަމަށް ބަދަލު ކުރައްވާނޭ ކަމުގެ އުފާވެރިކަމުގެ ޚަބަރެކެވެ. އާޔަތުގައި ބުނާފަދައެވެ. މި ހުރިހާ ނިޢުމަތެއް ކަލޭގެފާނަށް ދެއްވި ކަލާނގެ ކަލޭގެފާނުގެ ޢަދުއްވުންގެ މައްޗަށް ކަލޭގެފާނަށް ނަޞްރުދެއްވާނެއެވެ. އަދި ކަލޭގެފާނުގެ ޙާލަތު ބަދަލުކުރައްވާނެއެވެ. ފަހެ، މާތް ﷲ ކުރެއްވި ވަޢުދު ފުރިހަމަކުރައްވައި އެކަލާނގެ އެކަލޭގެފާނަށް ބާރުދެއްވައި ނަޞްރު ދެއްވިއެވެ. އަދި މުޅި ދުނިޔޭގައި ފެތުރިފައިވާ ދީނެއް ކަމުގައި އެކަލޭގެފާނުގެ ދީން ލެއްވިއެވެ.
މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން