ޤުރުއާނާށް މީހުން އަހުލުވެރިކުރުވުމަކީ ވަރަށް މާތް މަސައްކަތެކެވެ.

4 ގަޑިއިރު ކުރިން
|
0

ކާފިރުންނާ ތަފާތުކޮށް މުސްލިމުންގެ ތެރޭ ހަމަޖެހުން އެންމެ ބޮޑަށް އެޮންނަ އެއް ސަބަބަކީ އެ މީހުން އެންމެން ތަބާވާ އިލާހީ ދުސްތޫރެއް އޮތުމެވެ. އާދެ! އެއީ ކީތިރި ޤުރުއާނެވެ. އެ ފޮތަކީ މުސްލިމުންނަށް ﷲ ދެއްވައިފައިވާ ވަރަށް ފުރިހަމަ ފޮތެކެވެ. އެފޮތަކީ މުޅި އިންސާނިއްޔާތަށް ހިދާޔަތް ދެއްވުމަށް ﷲ ފޮނުއްވެވި އެންމެ ފަހުގެ ރިސާލަތެވެ.

އެފޮތް ކާފިރަކު ކިޔެވި ނަމަވެސް އޭގެން އޭނާއަށް މިހާތަނަށް ޖަވާބު ނުލިބި ހުރި ވަރަސް ގިނަ ކަންކަމަށް ޖަވާބި ލިބޭނެއެވެ. އޭނާގެ ޙަޔާތުގައި އުނިވެގެން އުޅޭ ހަމަޖެހުން ހޯދުމުގެ މަގު އޭނާއަށް ފެންނާނެއެވެ. 

އެ ފޮތަކީ މުސްލިމުންނަށް އޭގެ ފައިދާ އެތައް ގުނައަކަށް އިތުރު ކުރައްވާފައި އޮތް ފޮތެކެވެ. އެއީ މުސްލިމުންނަށް އޮތް ހިދާޔަތެކެވެ. އެއީ މުސްލިމުންނަށް ސަވާބު ލިބޭނެ މަގެއް ވެސް މެއެވެ. 

އެހެންނަމަވެސް މިއަދުގެ އެންމެ ބޮޑޫ ހިތާމައަކީ މުސްލިމުންގެ ތެރެއިން ވަރަށޤ ގިނަ މީހުން އެފޮތް ދޫކޯށްލާފައިވާ ކަމެވެ. އެފޮތަކީ  އަހަންމިއްޔަތު ދެވޭ ފޮތަކަށް އެމީހުން ނުހަދައެވެ. އެ ފޮތާ ރައްޓެހި ކުރުވަން އަލުން މިވަނީ މަސައްކަތް ކުރަންޖެހިފައެވެ. ޤުރުއާނާށް މީހުން އަހުލުވެރިކުރުވުމަކީ ވަރަށް މާތް މަސައްކަތެކެވެ.