ތ. ހިރިލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވެއެވެ. އެއީ ތ. ހިރިލަންދޫ، ޗަމަން، އަޙްމަދު ސިނާނު (37އ)އާއި މާލެ، މއ. ސީނަރީވިޔު، އަޙްމަދު މަދީޙް (34އ)އެވެ.
ނޮވެމްބަރު 11ވަނަ ދުވަހު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން، އެ އަމުރުގެ ދަށުން އެ ރަށު ޗަމަން އެވެ ކިޔުނު ގެ ބަލައިފާސްކުރިއިރު އެ ގެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު