إِنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ (سورة التغابن 15)
މާނައީ: ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، އިމްތިޙާނެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّه ގެ ޙަޟްރަތުގައެވެ.
ތަފްސީރުގައި ވަނީ: ތިޔަބައިމީހުން އަތުގައި ހުރި މުދަލާއި، މާތް ﷲ ތިޔަބައިމީހުންނަށް ދެއްވި ދަރީންގެ ނިޢުމަތަކީ މާތް ﷲ ގެ ޙަޟްރަތުން ކުރައްވާ އިމްތިޙާނެކެވެ. އެކަލާނގެއަށް ކިޔަމަންވަނީ ކާކުތޯއާއި އުރެދެނީ ކާކުތޯ ބެއްލެވުމަށެވެ. މާތް ﷲ ގެ ޙަޟްރަތުގައިވާ އަޖުރާއި، ދަރުމަ ދުނިޔޭގެ ވަގުތީ އުފަލަށްވުރެ މާ ހެޔޮކަން ބޮޑުވެގެން ވެއެވެ. ވީއިރު، މާތް ﷲ އަށް ކިޔަމަންވުން ފިޔަވައި މުދަލާއި، ދަރިން ތިޔަބައިމީހުން މަޝްޣޫލުކުރިޔަ ނުދޭށެވެ.
މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން