وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَـٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا (سورة الإسراء: 33)
މާނައީ: އަދި ތިޔަބައިމީހުން، اللَّه ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލުކުރުމުގައި އޭނާ އިސްރާފުނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ، ނަޞްރުލިބިގެންވާ މީހެއް ކަމުގައިވިއެވެ.
ތަފްސީރުގައި ވަނީ: އަދި ޙައްޤަކާއި ނުލައި މީހަކު މެރުމުގެ ޢަމަލެއް ތިޔަބައިމީހުން ނުހިންގާށެވެ. ފަހެ، މުރުތައްދުވުމާއި، ގަސްތުގައި މީހަކުމެރުމާއި، މީހަކާ އިނދެފައި ހުރި މީހަކު ޒިނޭކުރުން ފަދަ ޝަރުޢީ ޙައްޤަކާ ލައިގެން މެނުވީ އިންސާނެއްގެ ފުރާނަ ދުއްވާލުމަކީ ޙަރާމްކަމެކެވެ. މި ޙަދީޘުފުޅުގައި އައިސްފައިވާ ފަދައިންނެވެ. عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي رَسُولُ اللَّهِ إِلاَّ بِإِحْدَى ثَلاَثٍ النَّفْسُ بِالنَّفْسِ وَالثَّيِّبُ الزَّانِي، وَالْمَارِقُ مِنَ الدِّينِ التَّارِكُ الْجَمَاعَةَ ". (صحيح البخاري، كتاب الديات، باب قَوْلِ اللَّهِ تَعَالَى {أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالأَنْفَ بِالأَنْفِ وَالأُذُنَ بِالأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ...........} | صحيح مسلم، كتاب القسامة والمحاربين والقصاص والديات، باب مَا يُبَاحُ بِهِ دَمُ الْمُسْلِمِ) (ޢަބްދުﷲގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީޘުކުރެއްވިއެވެ. "މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނެތްކަމަށާއި، މުޙައްމަދު ﷺ އަކީ މާތް ﷲގެ ރަސޫލާކަމަށް ހެކިވާ މުސްލިމެއްގެ ލޭ ތިން ކަމަކުން މެނުވީ ހުއްދަ ނުވާނެއެވެ. ނަފްސަކަށް ނަފްސެއް މެރުމާއި، މީހަކާ އިނދެފައި ހުރި މީހަކު ޒިނޭ ކުރުމާއި، މުސްލިމުންގެ ޖަމާޢަތާއި ވަކިވެ ދީން ދޫކުރުމެވެ.) (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 6878 | ޞަޙީޙު މުސްލިމް، ޙަދީޘު: 1676) ޤަތުލު ވާޖިބުވާ ފަދަ ޝަރުޢީ ޙައްޤެއް ނެތި އަނިޔާވެރި ގޮތުގައި ޤަތުލުކުރެވުނު މީހާ ދަންނާށެވެ. ތިމަންރަސްކަލާނގެ އޭނާގެ ވަލީވެރިޔާއަށް (ދަރިފުޅު، ބައްޕަ ނުވަތަ އަޚާ އަށް) ޤާތިލުގެ ކިބައިން ޤިޞާޞު ހިފުމުގެ ބާރު ދެއްވީމެވެ. ފަހެ، އޭނާއަށް މިލިބުނު ބާރުގެ ބޭނުންކުރުމުގައި ޝަރީޢަތުގައި ކަނޑައަޅާފައިވާ ޙައްދު ފަހަނައަޅައި ނުދާހުށިކަމެވެ. އެއީ، މިސާލަކަށް ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން ހަދައި އުޅުނުހެން، ޤާތިލުގެ އަޚަކު ނުވަތަ ބޮޑުބޭބެގެ ދަރިޔަކު ޤަތުލުކުރުމެވެ. ނުވަތަ އެކަކު ޤަތުލުކުރަން ޖެހޭ ތަނެއްގައި ދެމީހުން ޤަތުލުކުރުމެވެ. އެހެނީ، މާތް ﷲ އޭނާގެ ދެކޮޅުވެރިޔާގެ މައްޗަށް އޭނާއަށް މަދަދުދެއްވުން އޭނާއަށް ފުދެއެވެ. އަދި އޭނާގެ ޤިޞާޞު ހިފުމުގައި އޭނާ ޢަދުލުވެރި ވާހުށިކަމެވެ. އެހެނީ، މީހަކު މެރުމީ އަމާންކަމާއި ހަމަޖެހުމަށް ނުރައްކާކުރާ، މުޖުތަމަޢުގެ ބިންގާ ފުނޑުފުނޑުކޮށްލާ، އަދި ގަދަ އެތި ބަލި އެތި ނައްތާލާ، ކުޅަދާނަވެގެންވާ އެތި ނުކުޅެދޭ އެތީގެ މައްޗަށް ވެރިވެގަންނަ ވަލު ޖަނަވާރުންގެ ދަރަޖައަށް އިންސާނުން ވައްޓާލާ ބޮޑު ޖަރީމާއެކެވެ. އިންސާނާއަށް ދިރިހުރުން ހިބަކުރައްވާ ފަރާތަކީ މާތް ﷲއެވެ. މާތް ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކުގެ ތެރޭގައި މެނުވީ، އޭނާގެ ކިބައިން އެކަން ނިގުޅައިގަތުމަކީ އެއްވެސް މީހަކަށް އޮތް ކަމެއް ނޫނެވެ. މުސްލިމަކު ޤަތުލުކުރުމަށްވުރެ މުޅި ދުނިޔެ ހަލާކުވެ ނެތިދިއުންވެސް މާތް ﷲގެ ޙަޟްރަތުގައި ވަނީ ކުޑަ ކަމަކަށެވެ. އިންސާނުންގެ ސާހިބާ ﷺ ޙަދީޘުކުރައްވާފައިވާ ފަދައިންނެވެ. عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ " لَزَوَالُ الدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ قَتْلِ رَجُلٍ مُسْلِمٍ ". (جامع الترمذي، كتاب الديات عن رسول الله صلى الله عليه وسلم، باب مَا جَاءَ فِي تَشْدِيدِ قَتْلِ الْمُؤْمِنِ | سنن النسائي، كتاب تحريم الدم، باب تَعْظِيمِ الدَّمِ) (ޢަބްދުﷲ ބްނު ޢަމްރު رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ﷺ ޙަދީޘުކުރެއްވިއެވެ. "ދުނިޔެ ނެތިދިއުމަކީވެސް މުސްލިމަކު ޤަތުލުކުރުމަށްވުރެ މާތް ﷲގެ ޙަޟްރަތުގައި ކުޑަ ކަމެކެވެ.") (ޖާމިޢުއް ތިރްމިޛީ، ޙަދީޘު: 1395 | ސުނަނުއް ނަސާއީ، ޙަދީޘު: 3987) ޢަބްދުﷲ ބިން ޢުމަރު رضي الله عنهما ގެފުޅު ވަށައިގެން ޠަވާފުކުރައްވަމުން ގެފުޅާ މުޚާޠަބުކުރައްވައި މިފަދައިން ވިދާޅުވާ ކަމުގައި ވިއެވެ. "ތިބާ ހާދަހާ މަތިވެރިއެވެ. އަދި ތިބާގެ ޙުރުމަތްތެރިކަން ހާދަހާ ބޮޑެވެ. އަދި މުއުމިނާގެ ފުރާނައިގެ ޙުރުމަތްތެރިކަން މާތް ﷲގެ ޙަޟްރަތުގައި ތިބާގެ ޙުރުމަތްތެރިކަމަށްވުރެ ބޮޑުވެގެން ވެއެވެ.“ ކީރިތި ޤުރްއާނުގައި މީހަކު ޤަތުލުކުރުން ޙަރާމްކުރެއްވި ފަދައިން ބަލިކަށި ޔަތީމު ކުއްޖާގެ މުދާ ކެއުންވެސް ވަނީ ޙަރާމްކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވަނީ
މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން
ޤުރުއާން