އިންޓަރނޭޝަނަލް ޒީރޯ ކާބަން އައިލެންޑް އިނީޝިއޭޓިވްއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދގެ އިދާރާ (ޔޫ.އެން.އެފް.ސީ.ސީ) އިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކޮންފަރަންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި، ސިފަކުރައްވައިފިއެވެ.
އަޒަރުބައިޖާނުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ޗައިނާ ސަރުކާރުން ފެހި އަދި ކާބަން މަދު ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވާފައި ވެއެވެ. އަދި ރާއްޖޭގެ ތިމާވެށީގެ މަސައްކަތްތަކަށް އެފަރާތްތަކުގެ އެއްބާރުލެއްވުން އަބަދުވެސް ލިބިވަޑައިގަންނަވާކަން އެމަނިކުފާނު ފާހަގަކުރެއްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާއިރު، ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރައްވާފައި ވެއެވެ.އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށްވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި މުސްތަޤްބަލެއްގެ ކަށަވަރުކަން ހޯދުމަށްޓަކައި ރާއްޖެއާއި، ރާއްޖެ ފަދަ ނާޒުކު ޙާލަތުގައިވާ އެހެނިހެން ޤައުމުތަކަކީވެސް ޙަރަކާތްތެރި ލީޑަރުންކަމުގައި ވުމަށް އަޒުމް ކަނޑައަޅާފައިވާ ޤައުމުތަކެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވާފައި ވެއެވެ.
ގިނަ ޤައުމުތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ރާއްޖެއިން ބައިވެރިވުމަކީ، ކުދި ޖަޒީރާ ޤައުމުތަކުން ދެމެހެއްޓެނިވި އަދި ވިލުންވެރި މުސްތަޤްބަލެއް ބިނާކުރުމަށް މަސައްކަތްކުރާކަން ހަނދާންކޮށްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައިގައި ވަކާލާތުކޮށް އިސްނެގުމުގައި، ރާއްޖެއިން ލީޑަރޝިޕް ދައްކާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާދެއްކެވި ވާހަކަފުޅުގައި، ދުރުވިސްނުމުގެ ތަޞައްވުރެއްގައި ޢަމަލުކުރައްވަމުން ގެންދަވާ، ލޯ-ކާބަން ސިޔާސަތުތަކުގެ ސަބަބުން، އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން މަސައްކަތް ކުރާނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ކަމަށްގެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައއވާފައެވެ. އަދި ކްލައިމެޓް އެކްޝަނަކީ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށާއި ކްލައިމެޓް ފައިނޭންސްގެ އަމާޒަކަށް އެއްބަސްވުމަށް ކޮޕް29 ގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު