ބައިޢަތު ހިފާމީހުން ބައިޢަތު ހިފާކަންކަށަވަރީ اللَّهއަށެވެ.

7 ގަޑިއިރު ކުރިން
|
0

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّـهَ يَدُ ٱللَّـهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَـٰهَدَ عَلَيْهُ ٱللَّـهَ فَسَيُؤْتِيهِ أَجْرًا عَظِيمًا (الفتح: 10)

މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނަށް بيعة ހިފާމީހުން بيعة ހިފާކަންކަށަވަރީ اللَّه އަށެވެ. اللَّه ގެ يدقدرة ފުޅުވަނީ، އެއުރެންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ، عهد އުވާލައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ عهد އުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ نفس ގެ މައްޗަށެވެ. އަދި އެކަމެއްގެ މައްޗަށް އެމީހަކު اللَّه އަށް ވެފައިވާ عهد ފުއްދައިފިމީހާ (ދަންނާށެވެ!) ފަހެ، اللَّه އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެތެވެ."

ތަފްސީރުގައި ވަނީ: މި ބައިޢަތު ހިފީ ޙުދައިބިއްޔާގައެވެ. އެއީ މާތް ﷲގެ މަގުގައި މަރުވުމަށް އަޞްޙާބުބޭކަލުން ރަސޫލުﷲ صلى الله عليه وسلمއަށް ބައިޢަތު ހިފި ހިނދުގައެވެ. ރަސޫލުﷲ صلى الله عليه وسلمއަށް ބައިޢަތު ހިފުން އެއީ މާތް ﷲއަށް ބައިޢަތު ހިފުން ކަމުގައި އެކަލާނގެ ބަޔާންކުރައްވާފައިވާތީ، އެ ބައިޢަތު ވެފައިވަނީ ރަސޫލުﷲ ﷺއަށް ލިބިވަޑައިގަތް މަތިވެރި ޝަރަފަކަށެވެ. މާނައީ: ކަލޭގެފާނަށް ބައިޢަތު ހިފި މީހުން ބައިޢަތު ހިފީ މާތް ﷲއަށްކަން ކަށަވަރެވެ. އެހެނީ ކަލޭގެފާނަކީ އެކަލާނގެ ދީން މީސްތަކުންނަށް އިއްވަވަން ވަޑައިގެންނެވި ސަފީރެކެވެ. ﴿يَدُ ٱللَّـهِ فَوْقَ أَيْدِيهِمْ﴾ ބައިޢަތު ހިފި ވަގުތު މާތް ﷲގެ އަތްޕުޅު ވަނީ އެބައިމީހުންގެ އަތްތަކުގެ މަތީގައެވެ. ފަހެ، އަޞްހާބުބޭކަލުން އެބޭކަލުންގެ އަތްޕުޅުތައް ރަސޫލުﷲ صلى الله عليه وسلمގެ އަތްޕުޅުގައި ބޭއްވެވިއިރު، އެބޭކަލުން މާތް ﷲއަށް ބައިޢަތު ހިފިފަދައެވެ. އެހެނީ، ރަސޫލުﷲ صلى الله عليه وسلم މެދުވެރިކޮށް ޙަޤީޤަތުގައި ބައިޢަތު ހިފީ މާތް ﷲއަށެވެ. މިތާނގައި މިވަނީ ވަރަށް ފުރިހަމަ ތަޝްބީހެކެވެ. އަހަރުމެން وَجْهُهُ قَمَرٌ (އޭނާގެ މޫނަކީ ހަނދެކެވެ.) އަދި كَلَامُهُ دُرٌّ (އޭނާގެ ވާހަކަތަކަކީ ރަންމުތެކެވެ.) ބުނާ ފަދައިންނެވެ. ދެން، އެކަލާނގެ ވަޙީކުރައްވަނީ ﴿فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَـٰهَدَ عَلَيْهُ ٱللَّـهَ فَسَيُؤْتِيهِ أَجْرًا عَظِيمًا﴾ ފަހެ، ބައިޢަތުގެ ޢަހުދު އުވާލައިފި މީހާ ދަންނާށެވެ. އެ އުވައިލުމުގެ ގެއްލުން ހުރީ އޭނާގެ އަމިއްލަ ނަފުސަށެވެ. އަދި ބައިޢަތުގެ ޢަހުދު ފުއްދައިފި މީހާ ދަންނާށެވެ. ފަހެ، މާތް ﷲ އޭނާއަށް މަތިވެރިވެގެންވާ ނިޢުމަތް ދެއްވާނެއެވެ. އެއީ ނިޢުމަތާއި، ދެމި ތިބުމުގެ ގޮވަތި ކަމުގައިވާ ސުވަރުގެއެވެ. حدّثنا يَزِيدُ بْنُ أَبِي عُبَيْدٍ، عَنْ سَلَمَةَ ـ رضى الله عنه ـ قَالَ بَايَعْتُ النَّبِيَّ صلى الله عليه وسلم ......... فَقُلْتُ لَهُ يَا أَبَا مُسْلِمٍ، عَلَى أَىِّ شَىْءٍ كُنْتُمْ تُبَايِعُونَ يَوْمَئِذٍ قَالَ عَلَى الْمَوْتِ‏.‏ (صحيح البخاري، كتاب الجهاد والسير، باب البيعة في الحرب ألّا يفرّوا) (ސަލަމާ رضي الله عنه ގެ އަރިހުން ޔަޒީދު ބްނު އަބީޢުބައިދާ ރިވާކުރެއްވިއެވެ. ސަލަމާ رضي الله عنه ވިދާޅުވިއެވެ. އަހުރެން ގަސްދޮށުގައި ރަސޫލުﷲ صلى الله عليه وسلم އަށް ބައިޢަތު ހިފީމެވެ. ދެން ތިމަން ސަލަމާ رضي الله عنه އަށް ދެންނެވީމެވެ. ތިޔަބޭކަލުން އެކަލޭގެފާނަށް ބައިޢަތު ހިއްޕެވީ ކޮންކަމަކަށް ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. މަރުވުމަށެވެ.) (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 2960) މި ބައިޢަތުގެ ސަބަބާ ބެހޭގޮތުން އައިސްފައި ވެއެވެ. އިތުރު އެކަލޭގެފާނު ވަޑައިގެންނެވީ ޢުމުރާއަށް ކަމަށާއި، އެކަލޭގެފާނު ހަނގުރާމަކުރައްވަން ބޭނުންފުޅު ނުވާކަން އެންގެވުމަށް އެކަލޭގެފާނު ޢުޘްމާން ބިން ޢައްފާން رضي الله عنه މައްކާގެ އަހުލުވެރިންގެ ގާތަށް ފޮނުއްވުމުން، އެބައިމީހުން އެކަލޭގެފާނު ހިފެހެއްޓިއެވެ. އަދި އެބައިމީހުން އެކަލޭގެފާނު ޤަތުލުކޮށްފިކަމުގެ ޚަބަރު މުސްލިމުންނަށް ލިބެނެވެ. އެހިނދު މުޝްރިކުންނާ ހަނގުރާމަކުރުމުގެ މައްޗަށް ބައިޢަތު ހިފުމަށް ރަސޫލުﷲ صلى الله عليه وسلم މުސްލިމުންނަށް ގޮވައިލެއްވިއެވެ. ދެން އެބައިމީހުން މަރުވުމަށް އެކަލޭގެފާނަށް ބައިޢަތު ހިފިއެވެ. މި ބައިޢަތު ހިފީ ޙުދައިބިއްޔާގައި ހުރި ގަހެއްގެ ދަށުގައެވެ. އެ ބައިޢަތަށް ނަންދެވުނީ ބައިޢަތުއްރިޟްވާން އެވެ. އެކަމާ ބެހޭގޮތުން ﴿لَّقَدْ رَضِىَ ٱللَّـهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ﴾ (ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް ބައިޢަތު ހިފާހިނދު، އެ މުއުމިންތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ.) މިއާޔަތް ބާވައިލެއްވިއެވެ. މިދަތުރުގައި މުނާފިޤުން ރަސޫލުﷲ ﷺ އާއެކު ނުނުކުމެއެވެ. އެބައިމީހުން ޤަތުލުވެދާނެތީ ބިރުންނެވެ. އަދި ރަސޫލުﷲ صلى الله عليه وسلمއާ އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާ މެދު އެބައިމީހުން ހީކުރީ އެބޭލަކުން އެނބުރި މަދީނާއަށް ވަޑައިނުގަންނަވާނެ ކަމުގައެވެ. އެބައިމީހުން ނުނުކުތް ސަބަބާ، އެބައިމީހުން އެކަމަށް ދައްކާނެ އުޒުރުތައް ރަސޫލުﷲ صلى الله عليه وسلم އެނބުރިވަޑައިގަތުމުގެ ކުރިން މާތް ﷲ ބަޔާންކުރެއްވިއެވެ. މިއީ ޤުރްއާނުގެ "ޣައިބީ" މުޢުޖިޒާތެކެވެ. އެބައިމީހުން މުސްތަޤްބަލުގައި ކުރާނެ ކަމެއް ކުރިން އަންގަވާފައި ވާތީއެވެ. އެކަލާނގެ ވަޙީކުރައްވަނީ

މި ކޮލަމުގައި މި ގެނެސްދެނީ، ބަޔާން ވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާއިން ނަގައިފައިވާ ކުދިކުދި އެހެނަސް ފައިދާ ހުރި ވާހަކަތަކެވެ. މި ފިލާވަޅުތަކުގެ ޢިބުރަތް އަޅަމެންނަށް ފަހުމުކޮށްދެއްވާނދޭވެ! آمين.