ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފި

11 ގަޑިއިރު ކުރިން
|
0

ހަދިޔާގެ ގޮތުގައި ދިވެހިރާއްޖެއަށް ލިބިފައި މިވާ 50 ޓަނުގެ ކަދުރަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ކޮށްފައިވާ ހަދިޔާއެކެވެ. 

ދިވެހި ރާއްޖެއަށް މި ކަދުރު ޙަވާލުކުރެއްވުނ އޮތީ އެ ކަމަށް ޚާއްޞަކޮށްގެން އިސްލާމީ ވުޒާރާގައި މިއަދު ބޭއްވެވި ޚައްޞަ ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން ކަދުރާ ޙަވާލުވެވަޑައިގަތީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.  ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ރާއްޖެއާ ހަވާލުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.