530 ޓަނުގެ އިންސާނީ އެހީ އިއްޔެއާއި މިއަދު ޕަލަޞްޠީނުގެ ރަފާބޯޑަރުން ޣައްޒާއަށް ވައްދައިފިކަމަށް ކާބުލްގެ އިންފޮމޭޝަން މިނިސްޓަރު މުއްލާ ޙަސަން އަޚުންދު ވިދާޅުވެއްޖެއެވެ.
އިންސާނީ އެހީގެ މި ޣާފިލާގައި ކާނާއާއި އަންނައުނާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތީގެ އިތުރަށް ވެސް އިންސާނުންގެ ޟުރޫޜަތަށް ބޭނުންވާ ތަކެތި ހިމެނެއެވެ. އަފްޣާނިސްތާނުން ޣައްޒާއަށް ފޮނުވި އެހީގެ ޖުމްލަ އަގު 500،000.00 އެމެރިކާ ޑޮލަރަށް އަރާކަމަށް އެ ޤައުމުން ބުނެއެވެ.
އިންސާނީ އެހީގެ މިތަކެތި ގަނެ ތައްޔާރުކުރީ މިސުރުގައި ތިއްބަވާ އަފްޣާނިސްތާނުގެ ބޭފުޅުންނެވެ. ޣައްޒާއަށް ވައަދާފައިމިވާ އިންސާނީ އެހީއިން 20،000 ޢާއިލާއަށް ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ. އެހީގެ ތަކެތި އުފުލާފައިވަނީ 42 ކަރގޯ ޓްރަކްޓަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު