ޑރ. އާފިޔާ ސިދުޤީ ދޫކޮށްލަން އެދުމަށް އޭނާގެ ދައްތަ ޕާކިސްތާނުގެ ބޮޑުވަޒީރަށް ދަންނަވައިފިއެވެ.

4 ގަޑިއިރު ކުރިން
|
0

އިސްލާމްއާބަދުގައި މިހާރު ކުރިޔައްދާ ޞުލްޙައިގެ ވާހަކަ ތަކުގައި ޑރ. އާފިޔާ ސިދުޤީ ދޫކޮށްލަން އެދި ދެންނެވުމަށް އޭނާގެ ދައްތަ ފައުޒިއްޔާ ސިދުޤީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ އަރިހުން އެދިއްޖެއެވެ. ޑރ. އާފިޔާ ސިދުޤީ ދޫކޮށްލަން

މި ކަމަށް އެދި އޭނާ ވަނީ ބޮޑުވަޒީރަށް ސިޓީއެއް ލިޔެފައެެވެ. މި ސިޓީގައި ބުނެފައި ވަނީ އެމެރިކާއާ އެހެން ޤައުމުތަކާމެދު ޞުލްޙަކުރަން މަޝްވަރާ ކުރުމަކީ އެދެވިގެންވާ ރަނގަޅު ކަމެއް ކަމާއި އެއާ އެކު ޕާކިސްތާނުގެ އަންހެންދަރިއެއް ކަމަށްވާ  ޑރ. އާފިޔާ ސިދުޤީއަށް ލިބެމުންދާ އަނިޔާތަކުން އޭނާ ސަލާމަތްކޮށް އޭނާއަށް މިނިވަންކަން ހޯދައި ދިނުން ވެސް މުހިންމު ކަމެވެ. 

ޑރ. އާފިޔާ ސިދުޤީއަކީ އެއްވެސް ޙައްޤަކައި ނުލާ އަނިޔާ ލިބެމުންދާ ކުށެއްނެތް އިންސާނެކެވެ. އޭނާ ހައްޔަރުކޮށްގެން ގެންގުޅުމުގެ އިތުރަށް އޭނޣެ ދަރިން ވެސް ވަނީ އެމެރިކާގެ ޝިކާރައަކަށް ވެފައެވެ. އޭނާގެ އެއްދަރި ޓެކްސަސްގެ މަގުމަތީގައި ކާރެއްގައި އިންދާ ހައްޔަރުކޮށް މަރާލާފައެވެ. އަދި އޭނާގެ އަނެއް ދަރި ވީއެއްނުވީއެއް ނޭނގި ގެއްލުވައިލާފައެވެ. 

މި އަނިޔާތަކަށް އިންސާފު ހޯދުމަށް މީގެ ކުރިން ވެސް އެތައް ފަހަރަކު ފައުޒިއްޔާ ސިދުޤީ ވަނީ ވަކާލާތު ކޮށްފައެވެ. 

https://x.com/doamuslims/status/2042594508815110620?s=46&t=zS1tuN3hqlJnPdWO6rzhcg