ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ހަމާތަކުގައި އިއްޔެ އެކަނި ވެސް 64 މީހުން ޝަހީދުކޮށްލާފައި ވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ފާއިތުވި 48 ގަޑިއިރުތެރޭ އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި 147 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.
ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް 404 ދުވަސް ވެފައި ވާއިރު، ކުށެއްނެތް 43،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 21،000އަށް ވުރެ ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
މެދުއިރުމަތީގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގައި ޣައްޒާއަށް ދެމުންދާ ހަމަލާތައް މިހާރު ބޮޑަށް އަމާޒު ވަމުންދަނީ ޞިއްޙީ ނިޒާމުގެ ތެރެއަށެވެ. އެ ގޮތުން ހޮސްޕިޓަލްތަކަށާއި އެމްބިއުލާންސްތަކަށާއި ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ސީދާ ހަމަލާތައް ދެމުންދާކަމަށް އޮފިޝަލުން މަޢުލޫމާތު ދެއެވެ.
އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ ތެރެއިން ޣައްޒާގެ އުތުރުގައި ޞިއްޙީ ޚިދުމަތް ދިނުން ހުއްޓުމަކަށް ވަނީ ގެނެސްފައެވެ. ޞިއްޙީ ޚިދުމަތުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް އިސްރާއީލުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ސިވިލްޑިފެންސް އިން އާންމުންނަށް އެހީތެރިވެދެންޏާ ސީދާ އެމީހުންނަށް ވެސް ދަނީ ހަމަލާތައް އަމާޒުކުރަމުންނެވެ.
07 އޮކްޓޯބަރު 2023 ގައި ނިރުބަވެރިން ދޭން ފެށި މި ހަމަލާތަކުގައި މިހާތަނަށް 103،076 މީހުން ވަނީ ޒަޚަމްވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ