އާދީއްތަ ހޯމަ ސަރުކާރު ބަންދު

19 ގަޑިއިރު ކުރިން
|
0

2026 އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، 2026 އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ ނިމިދިޔަ އިންތިޚާބުގެ ނަތީޖާ ހޯދުމުގެ މަސައްކަތުގައި ގިނަ ޢަދަދެއްގެ ސަރުކާރު މުވައްޒަފުން ވެސް ބައިވެރިވަމުން އަންނާތީއެވެ.

މި ނިންމުމުގެ ސަބަބުން އިންތިޚާބީ ނަތީޖާ ހޯދުމުގެ އިންތިޒާމުތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެކަމަށާއި، ވޯޓުގެ ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ދެކިލައްވައެވެ.

އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ، އާދީއްތަ ދުވަހާއި ހޯމަދުވަސް ބަންދުކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިލައްވައިފައެވެ.