ދިވެހިރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އެޅުމުގެ އިޢުލާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރު ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވައިފައެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރޭ މަދީނާގައި އޮތް ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.
މި މިސްކިތް ބިނާކުރަނީ އެ ތަނުގެ ސަރަޙައްދުގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއަކާއި ޕާކިން ވެސް ހިމެނޭ ގޮތަށެވެ.
މި މިސްކިތުގެ ކޮންސެޕްޓްގެ ޑިޒައިން މިހާރު ނިމިފައިވާ ކަމަށާއި އޭގެ ތަފްސީލީ ކުރެހުންތައް މިހާރު ކުރިޔަށްދާ ކަމަށް ޝަހީމު ވިދާޅުވިއެވެ. މި މިސްކިތް ނިމޭއިރު އެ ތަނުގައި ޤުރުއާން މިއުޒިޔަމަކާއި މުހިންމު އެހެން ތަންތަން ވެސް ހުންނާނެކަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޝަހީމު އިތުރަށް ވިދާޅުވީ އެ ތަނުގެ ވަގުފު އިމާރާތުން ލިބޭ ފައިސާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށެވެ.
ހުޅުމާލޭ ފޭސް 2ކާއި ފޭސް 3ކާ ދެމެދު ބިނާކުރާ މި މިސްކިތް ޑިޒައިން ކުރީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުންނެވެ. މި މަޝްރޫއުގެ ޑިޒައިނިނަށާއި އެހެން ހުރިހާ މަރުހަލާއަކަށް ވެސް ފަންޑުކުރަނީ މިސްކިތުގެ މުޅި މަޝްރޫއަށް ފަންޑުކުރާ އަލްރަޖްހީ ކުންފުނިން ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަލްރަޖްހީ ކުންފުނީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު