ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި 56 އަހަރުގެ ފިރިހަނަކު ހައްޔަރުކޮށްފި

1 އަހަރު ކުރިން
|
0

ދެކުނުގެ ރަށެއްގައި، އުމުރުން 11 އަހަރާއި 7 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، ގއ، ގދ، ޏ އަދި ސ ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އުމުރުން 7 އަހަރާއި 11 އަހަރުގެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 04 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައިގައި ރޭގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.