ހުކުރުދުވަހު ވެސް ދެން ލޭ އެޅޭނެ

8 ގަޑިއިރު ކުރިން
|
0

ލޭއަޅާ ކުދިންނަށް ދޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހަ ގޮތްތައް ހަމަޖައްސައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމެއްގެ ގޮތުގައި  ހުކުރު ދުވަހު ވެސް ލޭގެ ޚިދުމަތް ދޭއްވަން ފައްޓަވައިފައި ވަނީ 20 ފެބްރުއަރީ 2026 ވީ ހުކުރު ދުވަހުއެވެ. 

މި ޚިދުމަތް ހުޅުވާލި ދުވަހު  14 ޓްރާންސްފިއުޝަން ހަދާފައިވެއެވެ. އަދި 5 ފަރާތަކުން ވަނީ ލޭ ހަދިޔާ ވެސް ކޮށްފައެވެ. މި ޚިދުމަތާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަމަޟާން މަސް ނިމުމުން ވެސް، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ލޭ އެޅުމުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

މިއީ ތެލަސީމިއާ ސެންޓަރު 29 ޑިސެމްބަރ 1994 ގައި ހުޅުވި ފަހުން ހުކުރު ދުވަހު ޚިދުމަތް ދޭން އަލަށް ފެއްޓި ފެށުމެކެވެ.