މާލޭގެ 24 މިސްކިތެއްގެ އިތުރަށް އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ދިވެހި ޒުވާން ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އެ މިނިސްޓރީގެ ވަޒީރު ފޮނުއްވެވި މެސެޖެއްގައި ލިޔުއްވިއެވެ. އަދި އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކަށް ބޭރުން ހާފިޒުން ގެނެސްފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޒުވާން ޚަޠީބުން އުފެއްދެވުމަށާއި އިސްލާމީ ވަޙްދަތު ނަގަހައްޓައި ހިފެހެއްޓުމަށް ޅަ ޖީލަށް ފުރުޞަޠު ޙޯއްތަވައި ދެއްވުމުގައި މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދުޔ ޝަހީމު ޢަލީ ސަޢީދު ކުރައްވާ މަސައްކަތްޕުޅަކީ ވަރަށް ފުރިހަމަ އެހާމެ މުހިންމު މަސައްކަތްޕުޅެއް ކަމަށް ވަރަށް ގިނަ ދިވެހި ރައްޔިތުން ފާހަގަ ކުރެއެވެ.
މި އަހަރު ޒުވާނުންނަށް ފުރުސަތު ދެއްވުމުގެެ ސިޔާސަތުގެ ދަށުން، ރަމަޟާންމަހުގެ ތިންވަނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ހުކުރު ކުރާނީ ވެސް ޒުވާން ޚަޠީބުން ކަމަށާއި، އަދި ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ވެސް އިމާމުވެ ނަމާދުކުރާނީ ޒުވާނުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އިސްލާމް ދީނުގެ ކުރިމަގަށާއި ދިވެހިންގެ ޒަމާންވީ އެކުވެރި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މި ކަންކަމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދަރުމަ އެ އިދާރާއިން ދެކެމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު