10 ޖަހަންދެން ގޭހަށް އޯޑަރުކުރެވޭނެ! – ރައްޔިތުންނަށް ފަސޭހަ!

1 ހަފްތާ ކުރިން
|
0

މޯލްޑިވްގޭހުން މާލެ ސަރަހައްދުގެ ގޭބީސީތަކަށް ގޭސް ޑެލިވަރީކޮށްދޭ ވަގުތު މި ވަނީ އިތުރުކޮށްފައެވެ. މި ހިނގާ ނޮވެންބަރ މަހުގެ 21 ވީ ހުކުރުދުވަހުން ފެށިގެން ގޭސް ޑެލިވަރީގެ ވަގުތު އިތުރުކޮށްފައި މި ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ގޭސް ޑެލިވަރީގެ ޚިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށް އެ ކުންފުނިން ބުނެއެވެ.

ކުރިން ރޭގަނޑު 08:30ގައި އެ ކުންފުނީގެ ކޯލް ސެންޓަރ ބަންދުކުރި ކަމުގައި ވިޔަސް، މޯލްޑިވްގޭސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ގެނައި މި ބަދަލުގެ ސަބަބުން މިހާރު ރޭގަނޑު 10:00 ޖަހަންދެން ކޯލް ސެންޓަރ ހުޅުވިފައި ހުންނާނެއެވެ. މިއީ ވީހާވެސް ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެނައި ވަރަށް މުހިންމު އެދެވޭ ބަދަލެކެވެ.

ގޭސް ޑެލިވަރީގެ ވަގުތު އިތުރުކުރަން ނިންމި ސަބަބަކީ، ކެފޭ ރެސްޓޯރެންޓު ތަކުގައި އަދި ޚާއްޞަކޮށް ގޭގޭގައި ވެސް ރޭގަނޑުގެ ވަގުތަކީ ބަދިގެ ވަރަށް ހަރަކާތްތެރި ވަގުތަކަށް ވެފައި އޮތަތީވެ، އެ ވަގުތުގައި ކުއްލިއަކަށް ގޭސް ހުސްވެއްޖެއްޔާ ވަރަށް ބޮޑެތި ދަތިތަކާއި އުނދަގޫ ރައްޔިތުނަށް ކުރިމަތިލާން ޖެހޭތީ ކަމުގައި މޯލްޑިވްގޭހުން ބުނެއެވެ.

މި ބަދަލުގެ ސަބަބުން، މިހާރު ރޭގަނޑު 08:30ގެ ފަހުން ރައްޔިތުން އަމިއްލަޔަށް ސައިކަލުސައިކަލުގައި ގޭސްފުޅި އުފުލަން ނުޖެހޭނެ ކަމަށާއި، އެފަދަ އުނދަގޫ ހާލަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް އެ ކުންފުނިން ޔަޤީންކުރެއެވެ. މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.