ހުޅުމާލޭގައި ކާރެއްގެ ތެރޭ މީހަކަށް ބިރުދައްކައި، އަނިޔާކޮށް، ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް އިތުރު 4 މީހަކު ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ނޮވެމްބަރު 11ވަނަ ދުވަހުގެ ރޭ ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި ކަމަށާއި، މި މައްސަލާގައި މީގެ ކުރިން. ހައްޔަރުކޮށްފައި ވަނީ މާލެ ދަފްތަރު ނަންބަރު ރސ9022, ތޮލާލު މޫސާ (37އ) ކަމަށެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ޠަލާލް މޫސާއާ އެކު ކުށުގެ ވެށިން އިތުރު ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ ހދ. ކުމުންދޫ، ރަތްބަގީޗާގެ، ހުސާމް އިބްރާހިމް (34އ)، މާލެ، ގ. ކަޅަގާރިމާނގެ، ހުސެއިން ހައިކަލް ނިޔާޒް (23އ)، ހދ. ކުމުންދޫ، ރަތްބަގީޗާގެ، އާދަމް ޝަރީފް (36އ)ގެ އިތުރުން ހުޅުމާލޭ ފްލެޓް ނަންބަރު. 04-1-71، އަހުމަދު ރިޝްފާން (26އ) ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެންމެންގެ ބަންދަށް ވެސް 7 ދުވަސް ކަނޑައަޅައި ދެއްވާފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ވެސް އެ ކޯޓުން ވިދާޅުވިއެވެ.
އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ވުމަކީ އިސްލާމްދީން ނަހީ ކުރާކަމެކެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިނުވާނެކަމަށް ރަސޫލާ صلىى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު