ދުވަހުގެ ޙަދީޘް (23-10-2025)

ކީރިތި ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ.

»إِنَّ مِنْ الشَّجَرِ شَجَرَةً لَا يَسْقُطُ وَرَقُهَا وَإِنَّهَا مَثَلُ الْمُسْلِمِ فَحَدِّثُونِي مَا هِيَ«

މާނައީ: " ދޮންވެގެން ފަތް ނުވެއްޓޭ ގަހެއް ގަސްގަހުގެ ތެރޭގައި ވެއެވެ. އޭގެ މިސާލަކީ މުސްލިމެއްގެ މިސާލެވެ! އެއީ ކޮން ގަހެއްކަން ބުނެދެއްވަބައްލަވާށެވެ؟" އެހިނދު ޞަޙާބީންގެ ތެރެއިން އެކި ބޭކަލުން ސަހަރާގައި ހެދޭ އެކި ގަސްގަހުގެ ނަންތައް ވިދާޅުވިއެވެ. (އިބްނު ޢުމަރު رَضِيَ اللهُ عَنْهُمَا ވިދާޅުވިއެވެ.) "އަހުރެން ހިތަށް އެރިއެވެ. އެއީ ކަދުރުރުކެވެ. ނަމަވެސް ޖަވާބުދިނުމަށް ލަދުވެތިވެ އަހުރެން ފަސްޖެހުނީމެވެ." (އެބަހީ: އެތަނުގައި ތިއްބެވި ޞަޙާބީންގެ އިސްބޭކަލުންގެ އިޙްތިރާމަށް ޓަކައި ޖަވާބު ދެއްވުމަށް ފަސްޖެހިވަޑައިގަތީއެވެ.) ދެން ޞަޙާބީން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! އެއީ ކޮން ގަހެއްކަން ވިދާޅުވެދެއްވާށެވެ!" އެހިނދު ޙަދީޘްކުރެއްވިއެވެ. "هِيَ النَّخْلَةُ" މާނައީ: "އެއީ ކަދުރުރުކެވެ." (رواه البخاري ومسلم)

މުއުމިނުން ވާންޖެހޭނީ އެކަތިގަނޑެއްގެ މިސާލުގައެވެ.