މީހަކު މެރިކަމުގެ ދައުވާ ލިބޭ ލަމްހާ އަނެއްކާ ވެސް ކޯޓުން ދޫކޮށްލައިފި

1 އަހަރު ކުރިން
|
0

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސް މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޙަލީމަތު ލަމްހާ އަނެއްކާ ވެސް ބަންދުން ދޫކޮށްލަަން ކްރިމިނަލް ކޯޓުން އަންގައިފިއެވެ.

މީގެ ތިން އަހަރު ކުރިން، މޭރީ މަރާލި ކަމަށް ބުނެ ދައުވާ ކޮށްފައި ވަނީ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސްއަށާއި ލަމްހާގެ މައްޗަށެވެ.

މި މައްސަލައިގެ ޝަރީއަތް ލަސްވެފައިވާތީ، ބަންދުން ދޫކޮށްދިނުމަށް ލަމްހާގެ ފަރާތުން މިދިޔަ ހަފްތާގައި ވަނީ އެދިފައެވެ. ލަމްހާ ދޫކޮށްލީ، ޝަރީއަތް ދިގުލައިގެން ދާތީ އާއި އެކަމުގެ ސަބަބުން ލަމްހާގެ ގިނަ ހައްގުތަކެއް ގެއްލިގެންދާތީ ކަމަށް ކޯޓުން ބަޔާންކޮށްފައި ވެއެވެ. 

އޭނާ ދޫކޮށްލީ މާލެ ސަރަހައްދުން ބޭރަށް ނުދިއުމަށާއި ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުނިކުތުމަށާއި ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޝަރުތު ކޮށްފައެވެ.

ލަމްހާ ދޫކޮށްލި ނަމަވެސް، އެ މައްސަލާގެ ތުހުމަތު ކުރެވޭ މާވިން އަދިވެސް ހުރީ ބަންދުގައެވެ. 

މަރުގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލައި، އެކަމުގެ ނިޔާ ކަނޑައެޅުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށް އެޅޭނޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މަރުގެ މައްސަލަތަކުގެ ޝަރީޢަތްތައް އަވަސްކޮށް މަރުވި މީހާގެ ޢާއިލާއަށް އިންސާފު ހޯދައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.