މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންނަށް، ކައްކާ ގޭސް ފޯރުކޮށްދެމުން އަންނަތާ 26 އަހަރު ވީއެވެ. އެ ކުންފުނީގެ 26ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު އެ ކުންފުނީގައި ޚާއްސަ ޙަފުލާއެއް ވަނީ ބާއްވައިފައެވެ. މިއަދު ހެނދުނު އެ ކުންފުނީގެ މާލޭ ޔުނިޓްގައި ނާސްތާއާ އެކު ބޭއްވި މި ޙަފުލާގައި، ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ. މިއަދަށް ޚާއްޞަކޮށްގެން އަޅާފައި އޮތް ކޭކެއް ވެސް މި ރަސްމިއްޔާތުގައި ވަނީ ފަޅައިފައެވެ.
އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަލްފާޟިލް އަބްދުﷲ މުހައްމަދު ވިދާޅުވީ، ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ރާވައިފައި ހުރިކަމަށެވެ. އޭގެތެރޭގައި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުން ހިމެނެއެވެ. އަދި މީގެ އިތުރަށް އައު އޮފީސް އިމާރާތެއް އެޅުމާއި ގޭހާ ގުޅުންހުރި އެކި ވަސީލަތްތައް ވިއްކާނެ ފިހާރައެއް ހުޅުވުން ހިމެނޭ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދެމަހެއްހައި ދުވަހުގެ ތެރޭގައި މޯލްޑިވް ގޭހުގެ ފަރާތުން ތިލަފުށީގައި ލިކުއިޑް ނައިޓޮރޮޖަން އުފައްދައި، ބާޒާރަށް ނެރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މޯލްޑިވް ގޭހަކީ ރާއްޖޭގެ ގޭހުގެ ބާޒާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ، އެންމެ ގިނަ ދުވަސްވީ ކުންފުންޏެވެ. ޚިދުމަތުގައި 26 އަހަރުގެ ދިގު ތާރީޚު އޮތް އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ އެކު ގޭހުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދާކުރަމުން އެ ގެންދަނީ ފާހަގަކޮށްލެވޭ ވަރުގެ އަގުހުރި މަސައްކަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު