ވޭޕް މަނާކުރާ ބިލް މަޖިލީހުން ފާސްކޮށްފި

މިހާރު ނޫހުން ނެގި އެއްޗެއް

1 އަހަރު ކުރިން
|
0

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުން ތަންފީޒުކުރުމަށް ޓަކައި ޤާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 54 މެމްބަރުންގެ ވޯޓާއެކުއެވެ.

އަށް މެމްބަރަކު އެ ބިލަށް ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވިއެވެ.

ވޭޕް މަނާކުރާ ބިލުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މައިގަނޑު ތިން އިޞްލާޙެއް ގެންނަން ވަނީ ހުށަހަޅާފައެވެ. އެ ގޮތުން، މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް އަދި ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ބިލަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15އިން ފެށިގެންނެވެ. އަދި އެ ތަކެތި ބޭނުން ކުރުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާ ވާނެ ކަމަށް ބިލުގައި ވެއެވެ.

މި ބިލުގައިވާ ގޮތުން ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕުކުރަން ބޭނުންކުރާ ތަކެތި އެތެރެކޮށްފިނަމަ އެ ފަރާތެއް 50،000ރ. އިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ ފަރާތެއް 20،000ރ. ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައި ވާއިރު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެއެވެ.

އަދި ހިލޭ ވޭޕެއް މީހަކަށް ދީފިނަމަ 10،000ރ.ގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށާއި އެ ތަކެތި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

ވޭޕް ކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރޭ ހިމެނޭ ކަމެކެވެ. ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ސިނގިރޭޓުން ލިބޭ ގެއްލުމަށްވުރެ ވޭޕުން ލިބޭ ގެއްލުން އެތައް ގުނައެއް އިތުރެވެ. އަދި ހަމަ އެހެންމެ ވޭޕަކީ ތިމާގެ އަމިއްލަ އަތުން ތިމާގެ ހަށިގަނޑަށް ދެވޭ ގެއްލުމެކެވެ. އިސްލާމްދީނުގައި އަމިއްލަ އަތުން