އިންޑިއާއަށް ދާއިރު އަރައިވަލް ކާޑޫ ދެން ފުރަންޖެހޭނީ އޮންލައިންކޮށް

2 މަސް ކުރިން
|
0

އިންޑިއާއަށް އެތެރެވާ ބިދޭސީން އަރައިވަލް ކާޑު ފުރަމުން އައީ ބޯޓުމަތީގައި ނޫނީ އެއަރޕޯޓު ތެރޭގައި ތިބެގެންނެވެ. އެހެނަށް މިއަދުން ފެށިގެން (01-10-2025) މިކަންތައް އޮންލައިން ކޮށް ކުރެވޭނެ ނިޒާމެއް އިންޑިޔާއިން އެ ވަނީ ހަމަޖައްސައިފައެވެ.

މިހާރު ފަތުރުވެރިކަމަށް، ބޭސްވެރިކަމަށް ނުވަތަ ކިޔަވަން އިންޑިޔާއަށް ދާމީހުންނަށް ވެސް އޮންލައިންކޮށް އީ-އަރައިވަލް ކާޑު ފުރައިލެވޭނެއެވެ. މީގެ އިތުރަށް މަސައްކަތަކަށް ނުވަތަ ވިޔަފާރީގެ މުޢާމަލަތަކަށް އެ ޤައުމަށް ދިޔަޔަށް އީ-އަރައިވަލް ކާޑުގެ ޚިދުމަތް ފަސޭހަކަމާ އެކު ހޯދޭނެއެވެ. 

އީ-އެރައިވަލް ކާޑުގައި ފުރަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭޣައި ޕާސްޕޯޓް ނަންބަރާއި ނިސްބަތްވާ ޤައުމާއި ކުރާ ދަތުރުގެ ބޭނުމުގެ އިތުރަށް، އެމީހަކު އިންޑިއާގައި ހުންނާނެ އެޑްރެހާބެހޭ މަޢުލޫމާތުތައް ހިމެނިފައި ހުންނާނެއެވެ. 

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް އިންޑިޔާއާށް ގަޮސްއުޅޭތީ މިއީ ދިވެހިންނަށް ކޮންމެހެން ވެސް އެނގެންޖެހޭ މުހިންމު ވާހަކައެކެވެ. މިއީ ވަރަށް ބޮޑަށް ފަށޭހަ ވެސް ވާނޭ ކަމެކެވެ. 

އިންޑިއާގެ މިހާރުގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ އަންނަނީ އެގައުމުގެ އިމިގްރޭޝަން ކަންކަން އަވަސްކުރެވޭޏެ މަގުތައް ހޯދުމށް ޓަކައި  ޓެކްނޮލޮޖީގެ ބޭނުން އެދެވޭ ގޮތެއްގައި ހިފަމުންނެވެ.