ހަވާލުނުވާ ޕާސްޕޯޓުތައް ޑިސެމްބަރަށްފަހު ކެންސަލްކުރަނީ

2 މަސް ކުރިން
|
0

މި އަހަރުގެ ނިޔަލަށް ނުނަގާ ހުރި ހުރިހާ ޕާސްޕޯޓެއް ކެންސަލްކުރުމަށް  އިމިގްރޭޝަނުން ނިންމައި އެ ވާހަކަ މިއަދު އިޢުލާނުކޮށްފިއެވެ. 

އިމިގްރޭޝަނުން ބުނި ގޮތުގައި ޕާސްޕޯޓު ހައްދާފައި އެއާ ހަވާލުނުވެ ހުރި ޕާސްޕޯޓުތައް އެ އޮފީހުގައި ހުރިކަމަށެވެ. އަދި ހެއްދިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައި ހުރި ހުރިހާ ޕާސްޕޯޓެއް މި އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގެންދިޔުމަށް ވެސް އެދިފައި ވެއެވެ.  އެ ތާރީޚަށްފަހު ނުގެންގޮސްހުންނަ ޕާސްޕޯޓުތަށް ކެންސަލް ކޮށްލާނެކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.